ގުޑް އޮން ޔޫ: ފެޝަނަށް ލޯބިކުރާ މީހުންނަށް މުހިއްމު އެޕެއް
ގުޑް އޮން ޔޫ: ފެޝަނަށް ލޯބިކުރާ މީހުންނަށް މުހިއްމު އެޕެއް

ފެޝަނަށް ކިތަންމެ ލޯބި ކުރިޔަސް، ކޮންމެ ކޮންމެ އެއްޗެއް ހެދުމެއް ކަމަކު ނުދާނެ އެވެ. އެހެންވެ ފަސޭހަ ގޮތަކަށް ވާނީ "ގުޑް އޮން ޔޫ" އަށް ބަރޯސަވުމެވެ.

ސްމާޓްފޯނުގެ މި ޒަމާނުގައި ތިމާއާ ގުޅޭ ގޮތަށް ހެދުން އަޅަން އެހީތެރިވެދޭ އެއްޗަކީ "ގުޑް އޮން ޔޫ" އެޕްލިކޭޝަނެވެ. މި އެޕް އެޕަލް އާއި ގޫގްލް ސްޓޯރުން ޑައުންލޯޑްކޮށްލެވޭނެ އެވެ.

މީގެ އެންމެ ހާއްސަ ކަމަކީ އެކަށީގެންވާ އަގުތަކަށް، ތިމާއާ އެންމެ ގުޅޭ ގޮތަށް ހެދުން އަޅަން އިރުޝާދު ދިނުމެވެ. މިސާލަކަށް، ބްރޭންޑެއްގެ އެއްޗެއް އިހުތިޔާރުކޮށްފި ނަމަ، އެ ބްރޭންޑްގެ އެ ހެދުމެއް ތިމާއާ ގުޅޭތޯ އާއި އެ އުފެއްދުމުގެ އިތުރު ތަފުސީލުތައް ބުނެދޭނެ އެވެ.

މިއީ މިފަދަ ފަސޭހަ ކަމެއް ފޯރުކޮށްދޭ ފުރަތަމަ އެޕް ވެސް މެ އެވެ. އެހެންވެ ފެޝަނަށް ލޯބިކުރާ މީހުންނަށް "ގުޑް އޮން ޔޫ" ވާނީ ވެސް ވަރަށް ވެސް ބޮޑު އެހީއަކަށެވެ.

މި އެޕް އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ގައި އޮސްޓްރޭލިއާގަ އެވެ. ނަމަވެސް ކުއްލިއަކަށް އެޕްގެ މަޝްހޫރުކަން ބޮޑުވެ، ޔޫރަޕްގެ ގައުމުތަކުގައި މި އެޕް ބޭނުން ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ.

"ގުޑް އޮން ޔޫ" ގެ ބާނީންނަކީ ގޯޑޮން ރިނޯފާއި ސަންޑްރާ ކެޕޯނީ އެވެ.

އެ މީހުން ބުނި ގޮތުގައި މި އެޕްގައި 2،000 އަށް ވުރެ ގިނަ ބްރޭންޑްތަކުގެ ޑޭޓާ ހުންނާނެ އެވެ. އަދި ބްރޭންޑްތަކުގެ މާކެޓް ވެލިއު އަށް ބަލައިފައި ހުންނާނީ ރޭޓިން ވެސް ދީފަ އެވެ. މީގެ ސަބަބުން ބްރޭންޑްތަކުގެ ހަފަރާތް ކަސްޓަމަރުންނަށް ދެނެގަވޭނެ އެވެ.

އެހެންވެ މިއީ އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންނަށް އޮތް ހިނިތިވުންވުމަކަށް ވާނެ އެވެ.