މިނިވަން ދުވަހާ ދިމާކޮށް އެސްޓާސް އިން ޕްރޮމޯޝަނެއް
މިނިވަން ދުވަހާ ދިމާކޮށް އެސްޓާސް އިން ޕްރޮމޯޝަނެއް

މުޅިން ތަފާތު ގޮތަކަށް އެސްޓާސް އިން ފެށި، ޕްރޮމޯ ބަންޑަލްއަށް އަންނަނީ ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ބަދިގެއަށް ބޭނުންވާ ތާފާތު އެކި ތަކެތި ހިމެނޭ ހަތް ޕްރޮމޯ ބަންޑަލްގައި ހިމެނެ އެވެ. އާދަޔާ ހިލާފު ހެޔޮ އަގެއްގައި ތަކެތި ލިބޭ ޕްރޮމޯ ބަންޑަލް އެންމެ ފުރަތަމަ ވިއްކަން ފެށީ ހުޅުމާލޭގައި އެސްޓާސްގެ ފިހާރައެއް ހުޅުވުމަށްފަހު އެވެ. އެ ބަންޑަލްތައް އެސްޓާސް އިން ވިއްކަނީ249ރ. އަށާއި 299ރ. އަށް އަދި 399 499ރ. އާއި 799ރ. އަދި 1،111ރ. އަށެވެ.

އެ ކުންފުނިން ބުނީ މިނިވަން ދުވާހާ ދިމާކޮށް މިހާރު ފަށާފައިވާ ޕްރޮމޯ ބަންޑަލްގެ ޕްރޮމޯޝަން ސްޓޮކް ހުސްވަންދެން ކުރިޔަށް ގެންދާނެ ކަމަށެވެ.

އެ ބަންޑަލް ޕްރޮމޯޝަން މިނިވަން ދުވަހާ ހަމަޔަށް ކުރިޔަށް ގެންދަން އެސްޓާސް އިން މިހާރު ވަނީ ނިންމައިފަ އެވެ.

އެސްޓާސް އިން ބުނީ ހުޅުމާލޭގައި ފެށި ޕްރޮމޯ ބަންޑަލްގެ ޑިމާންޑް ބޮޑުވުމުން، އެސްޓާސް އިން މިހާރު ވަނީ މާލޭގައި ހުންނަ ފިހާރައިން ވެސް ޕްރޮމޯ ބަންޑަލް ވިއްކަން ނިންމައިފަ އެވެ.

މި ޕްރޮމޯ ބަންޑެލި ލިބެނީ ހަމައެކަނި ނަގުދު ފައިސާ އިން ވިޔަފާރިކުރާ ފަރާތްތަކަށެވެ.