25 ޖުލައި 2018 - 14:18

ފުލުހުންގެ އިސް މަގާމެއްގައި ހުރި ފިރިހެނެއް، އަލަށް ފުލުހުންގެ ވަޒީފާއާ ގުޅުނު އަންހެން ކުއްޖަކަށް ފިރިހެން ފުލުސް މީހާގެ ބަރަހަނާ ފޮޓޯއެއް ފޮނުވި މައްސަލަ ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ސްޓާފް ސާޖެންޓްގެ ރޭންކުގައި ހުރި ފިރިހެން ފުލުހަކު ވަނީ އަލަށް ވަޒީފާއާ ގުޅުނު އަންހެން މުވައްޒަފަކަށް މެސެޖްކޮށް އެ ފިރިހެން ފުލުހުގެ ބަރަހަނާ ފޮޓޯއެއް ފޮނުވައިފަ އެވެ. އެ ޗެޓް ލޮގްތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ޝަކުވާއެއް ލިބިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ހުރީ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.