އައިފޯން 10 ނިއްވާލާނީ ކިހިނެއް؟
އައިފޯން 10 ނިއްވާލާނީ ކިހިނެއް؟

އައިފޯން 10 ނިއްވާލުމަށްޓަކައި ފިތަންޖެހޭ ފިތްތައް، އެހެން އައިފޯނުތަކާ މުޅިން ތަފާތެވެ. އައިފޯން 10 ގައި "ހޯމް ބަޓަން" ނުއިދެ އެވެ. އަދި އައިފޯން 10 އާ ކުޅުމަށް، ސްކްރީންގައި އިނގި ކޭއްތުމަށް، އާ ޒާތެއްގެ ހަރަކާތްތަކެއް އެޕަލް އިން ވަނީ ތައާރުފުކޮށްފަ އެވެ. އެހެންވެ، އައިފޯން 10 ނިއްވާލަން ކުރާ މަސައްކަތުގައި، ކޮޅެއްގައި ނުޖެހި، ހުސް "ސްކްރީންޝޮޓް"ތަކެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އައިފޯން 10 ނިއްވާލުމަށް އެނގެންޖެހެނީ ފިތްތަކަށް އޮބާ ގޮތް ތަރުތީބުކުރާނެ ގޮތެވެ. ފޯނު ނިއްވާލުމަށްޓަކައި "ޕަވާ ބަޓަން" (ކަނާތްފަރާތުގައި) އަދި "ވޮލިއުމް ބަޓަން – އަޑުބާރުކުރާ ފިތް" (ވާތްފަރާތުގައި) ފިތާލައި އިރުކޮޅެއް ވަންދެން ހިފަހައްޓާލާށެވެ. އިޚްތިޔާރުކުރުމަށްޓަކައި ސްކްރީނަށް ދެ މެސެޖެއް ނުވަތަ ދެތިން މެސެޖެއް ވެސް އަރާނެ އެވެ. އެއީ ފޯނު ނިއްވާލުމަށްޓަކައި ކަންކުރަންވީ ގޮތް، މެޑިކަލް އައިޑީ އަދި ހާލުގައި ޖެހުމުން ކަންކުރާނެ ގޮތެވެ.

ފޯނު ނިއްވާލުމަށްޓަކައި "ސްލައިޑް ޓް ޕަވާ އޮފް" ގައި އިނގިޖައްސައި ދަމާލާށެވެ. އައިފޯން 10 މިހާރު އެ އޮތީ ނިވިފަ އެވެ. މި ބުނެދިނީ އައިފޯން 10 ނިއްވާލާނެ ގޮތެވެ. ހުޅުވާނެ ގޮތް އަދި ބުނެނުދެމެވެ.