ވަންޑްރައިވް އެންޑްރޮއިޑް އެޕްލިކޭޝަނަށް ފިންގާޕްރިންޓް ތަޅު
ވަންޑްރައިވް އެންޑްރޮއިޑް އެޕްލިކޭޝަނަށް ފިންގާޕްރިންޓް ތަޅު

މައިކްރޮސޮފްޓް ވަންޑްރައިވް އަކީ ގޫގުލް ޑްރައިވް ކަހަލަ އެޕްލިކޭޝަނެކެވެ. ބޭނުމަކީ ކޮންމެވެސް އެހެން ތަނެއްގައި، އަމިއްލަ ކޮމްޕިއުޓަރު ނޫން ތަނެއްގައި، ފައިލްތައް ރައްކާކުރުމެވެ. މައިކްރޮޮސޮފްޓް ވަންޑްރައިވް ބޭނުންކުރާ މީހުންނަށް މައިކްރޮސޮފްޓް ސާވާތަކެވެ. ގޫގުލް ޑްރައިވް ބޭނުންކުރާ މީހުންނަށް ގޫގުލް ސާވާތަކެވެ.

ވަންޑްރައިވް ބޭނުންކުރާ މީހުންގެ ފައިލްތައް ކްލައުޑް ސްޓޯރޭޖްގައި ރައްކާކޮށްދިނުމަށް ހަމައެކަނި ޕިންކޯޑެއް މައިކްރޮސޮފްޓަކަށް ކަމަކު ނުދިޔަ އެވެ. ބޭނުންކުރާ މީހުންގެ ރުހުން ހޯދުމަށްޓަކައި މިހާރު އެއީ ފިންގާޕްރިންޓުން ހުޅުވޭ އެޕްލިކޭޝަނަކަށް ވެސް ހަދައިފި އެވެ.

މައިކްރޮސޮފްޓް ވަންޑްރައިވް، އެންޑްރޮއިޑް އެޕްލިކޭޝަނަށް ދާދި ފަހުން ގެނައި ބަދަލުތަކުވައި ވަނީ ފިންގާޕްރިންޓް ހިމަނާފަ އެވެ. ބޭނުން ނަމަ ވަރުގަދަ އަށް ތަޅުލާންވީ އެވެ. ރައްކާކޮށްފައި ހުރީ ވަރަށް މުހިންމު އަދި ޒާތީ ލިޔުންތަކެއް ނަމަ ފިންގާޕްރިންޓް ތަޅަކީ ކޮންމެހެން ވެސް މިހާރު ލިބެންޖެހޭ ޚިދުމަތެކެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް އަށް މައިކްރޮސޮފްޓުން އުފައްދާ އެޕްލިކޭޝަންތަކަށް ޒަމާނީ ބަދަލުތައް މިހާރަކަށް އައިސް އެބަ ގެނެ އެވެ. ވެގެން އުޅޭ ގޮތެއް ނޭނގެ އެވެ. މިއީ މައިކްރޮސޮފްޓުން ވިންޑޯޒް ފޯނުތަކަށް އެޕްލިކޭޝަން އުފެއްދުމުގައި ވެސް ނުދޭ އަހަންމިޔަތުކަމެކެވެ.

ވަންޑްރައިވް ބޭނުންކުރާ ނަމަ އަދި އެންމެ ފަހުގެ އަޕްޑޭޓް ނުލިބޭ ނަމަ ގޫގުލް ޕްލޭ އަށް ވަދެ ޗެކްކޮށްލަން ފެނެ އެވެ. އެހެން އުޅެނިކޮށް މި އަޕްޑޭޓް ތަންކޮޅެއް އަވަހަށް ލިބި ވެސް ދާނެ އެވެ.