ބިންހެލުމުގައި ވެއްޓުނު މިސްކިތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަނީ
ބިންހެލުމުގައި ވެއްޓުނު މިސްކިތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަނީ

ބާލީ (އޮގަސްޓް 6) - އިންޑޮނީޝިއާ އަށް އާދިއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ލޮމްބޮކް އައިލެންޑުން ވެއްޓުނު މިސްކިތްތަކުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ކުރިއަށް އެބަގެންދެ އެވެ.

ބިންހެލުމުގައި ވެއްޓުނު މިސްކިތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަނީ
ބިންހެލުމުގައި ވެއްޓުނު މިސްކިތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަނީ

ރިކްޓަ މިންގަނޑުން 6.9 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 100 މީހުން މަރުވެ 20،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފަ އެވެ. ބިންހެލުމުގައި ނޯތު ލޮމްބޮކް އިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މިސްކިތްތަކަށެވެ. ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނީ މިސްކިތްތަކުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން މިހާތަނަށް ދެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ވަނީ ވެއްޓިފައިވާ އިމާރާތްތަކުން މީހުން ސަލާމަތްކުރާ މަންޒަރު ޝެއާކޮށްފަ އެވެ.

ލޮމްބޮކްގެ މައި ރަށް މަޓަރަމްގެ މެޑިކަލް ސްޓާފުން މިހާރު ވެސް ދަނީ ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ލޮމްބޮކަށް އައި ބިންހެލުމުގެ އަސަރު ވަނީ ބާލީ އަށް ވެސް ކޮށްފަ އެވެ. ބާލީން ވެސް ވަނީ ބައެއް އިމާރާތްތައް ހަލާކުވެފަ އެވެ. އަދި ބާލީން ވަނީ ދެ މީހުން މަރުވެފަ އެވެ.

ލޮމްބޮކުގެ ހުޅަނގު ދެކުން އޮންނަ ގިލީ އައިލެންޑްސް އިން ސާޗް އެންޑް ރެސްކިއު ޓީމުން މިހާތަނަށް ވަނީ 2،000 މީހުން ސަލާމަތްކޮށްފަ އެވެ.