08 އޯގަސްޓް 2018 - 13:04

ކ. ހުރާ އިން ޓޫރިސްޓުން ގޮވައިގެން ޕެރަޑައިސް އައިލެންޑް ރިސޯޓަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނުގައި މިއަދު ރޯވެ ގެއްލުން ވެއްޖެ އެވެ.

އެ ހާދިސާ ހިނގިއިރު، ލޯންޗު ގައި 20 ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިން އަދި ޓޫރިސްޓް ގައިޑެއް ވެސް ހުއްޓެވެ. އެއިން ވެސް މީހަކަށް ގެއްލުމެއް ނުވެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ 25 މީހުން ގޮވައިގެން ހުރާ ކައިރިން ދަތުރުކުރި "އޯކިޑް 40" ގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 10:50 ގައި ކަމަށެވެ. އަދި އެ ލޯންޗުގައި ތިބި ޓޫރިސްޓުން ބަނޑޮސް އައިލެންޑް ރިސޯޓުގެ ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.