އަލަށް ހަދާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ
އަލަށް ހަދާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންއިން ރާއްޖޭގައި ހުޅުވާ ވާލްޑޮފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓަށް މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

އަލަށް ހަދާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ
އަލަށް ހަދާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

ވާލްޑޮފް އެސްޓޯރިއާ އަކީ ހިލްޓަންގެ އެންމެ އަގު ބޮޑު އެއް ބްރޭންޑެެވެ. އެ ބްރޭންޑް ރިސޯޓެއް މީގެ ކުރިން ސަން ޓްރެވަލްއާ ގުޅިގެން ހއ. މަނަފަރުގައި ހިންގާފައިވެ އެވެ. އަދި ހިލްޓަންގެ ކޮންރެޑް ބްރޭންޑްގެ ރިސޯޓެއް އދ. ރަންގަލީގައި ހިންގަ އެވެ.

އަލަށް ހަދާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ
އަލަށް ހަދާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

މާލެ އަތޮޅުގައި ހިއްކައިގެން ތަރައްގީކުރާ އިތާފުށީގައި ހަދާ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން އޯޕަން ޑޭ އެއް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ހައެއް އަދި ހަތެއްގައި މާގިރި ހޮޓެލްގަ އެވެ. އެ އޯޕަން ޑޭ އެ ދުވަހު ހެނދުނު 10:00ން މެންދުރު ފަހު 14:00 އަށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

އޯޕަން ޑޭގައި އެ ރިސޯޓަށް ހޯދަނީ ކިތައް މުވައްޒަފުން ކަމެއް ވާލްޑޮފް އެސްޓޯރިއާ އިން ހާމައެއް ނުކުރެ އެވެ.

އެއް ފަޅެއްގައި ހިއްކައިގެން ހަދާ ތިން ރަށް ހިމެނޭ ގޮތަށް ތަރައްގީކުރާ ރިސޯޓު ހުޅުވަން ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް އެ ރިސޯޓުން ކުރިން ބުނެފައިވެ އެވެ. ވާލްޑޮފް އެސްޓޯރިއާ ހަދާ އެ ތިން ރަށުގައި 138 ގެސްޓް ވިލާ އާއި ހަ ރެސްޓޯރަންޓާއި ކެފޭ އަދި ބާ ހުޅުވަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ރިސޯޓުން ބުނެފައިވެ ވެ އެވެ.

އެ ރިސޯޓު ތަރައްގީ ކުރާ އިތާފުށި އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ވިއްސަކަށް މިނެޓުން ފުރައިގެން ދެވޭ ހިސާބުގަ އެވެ. އެއީ ގާތްގަނޑަކަށް 23 ކިލޯ މީޓަރެވެ.