04 އޯގަސްޓް 2016 - 10:24

ހަށިވިއްކާ ކަމުގެ ތުހުމަތުގައި މާލޭގެ ބިއުޓީ ޕާލާ އަކުން ހަ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ހ. ރީނދޫކޮކާގޭގައި ހިންގާ ބިއުޓީ ހެލްތު ބޮޑީ ލައިފް ކިޔާ ތަނުން ހައްޔަރުކުރީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ވަނީ ދޮރު ހަލާލުކޮށްލައިގެންނެވެ. އެތަނުން ހައްޔަރުކުރި ބިދޭސީންގެ ފޮށިތައް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ މިތަން ފާސްކޮށް ހަށިވިއްކުމުުގެ ތުހުމަތުގައި ތައިލެންޑް ބަޔަކު ހައްޔަރުކޮށްފަ އެވެ. އެ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.