އިންތިހާބާ ބެހޭ މަރުކަޒު ދޮށަށް އެއްވުމުން އެ ސަރަހައްދު ބަންދުކޮށްފި
އިންތިހާބާ ބެހޭ މަރުކަޒު ދޮށަށް އެއްވުމުން އެ ސަރަހައްދު ބަންދުކޮށްފި

އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ އެތައް ހާސް ބައެއްގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފައިވާތީ، އިންތިހާބާ ބެހޭ މަރުކަޒު ކައިރިއަށް ބަޔަކު އެއްވުމުން އެ ސަރަހައްދުގެ މަގުތައް ފުލުހުން ބަންދުކޮށްފި އެވެ.

އިންތިހާބާ ބެހޭ މަރުކަޒު ދޮށަށް އެއްވުމުން އެ ސަރަހައްދު ބަންދުކޮށްފި
އިންތިހާބާ ބެހޭ މަރުކަޒު ދޮށަށް އެއްވުމުން އެ ސަރަހައްދު ބަންދުކޮށްފި

ގުޅިފައިވާ ޕާޓީތަކުން ވަނީ ވޯޓުލެވޭނެކަން ކަށަވަރުކުރަން ހުރިހާ އެންމެން، އިންތިހާބާ ބެހޭ މަރުކަޒު ހުންނަ ކުރީގެ ޖަމާލުއްދީން ސްކޫލް ކައިރިއަށް މިއަދު ހަވީރު 4:00 އަށް ދިއުމަށް ގޮވާލާފައިވެ އެވެ. އަދި އެ ސަރަހައްދަށް މީހުން އެއްވުމުގެ ކުރިން، މަރުކަޒު ހުންނަ ނިކަގަސް މަގުގެ ވަކި ހިސާބަކުން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދަށް އިދިކޮޅު ޕާޓީތަކުގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ވެސް އެއްވި އެވެ.

އެ ސަރަހައްދަށް އާއްމުން އެއްވުމުން ފުލުހުން ބެރިކޭޑް ޖަހައި މަގުތައް ބަންދުކުރި ނަމަވެސް، އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.

ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވާތީ ބާތިލްކުރި 5،626 ފޯމު ރައްދުވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަން (އީސީ) ން ރޭ ވަނީ އާއްމުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވާ ގޮތުން، ބާތިލްކުރި ފޯމުތައް ރައްދުވާ މީހުން އަލުން ރީ-ރަޖިސްޓަރީ ވުމަށްޓަކައި ވަނީ ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އެއީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މާލޭގައި ނަމަ ފޯމު ބަލައިގަންނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒަށެވެ. ރަށްރަށުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެފައިވާ ގޮތުން، ބާތިލްވި ފޯމުތަކުގައި މައިގަނޑު ގޮތެއްގައި އުޅެނީ އިނގިލީގެ ނިޝާން ސާފުނުވުމުގެ މައްސަލަ އެވެ.