މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ
މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.

މިއަދު ހެނދު 8:00 ހާއިރު ކަރަންޓު ކެނޑުމަށް ފަހު ހުރިހާ ހިސާބަކަށް ކަރަންޓު ދެވުނީ ސްޓެލްކޯއިން ބުނި ގޮތުގައި 11:30 ގަ އެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުނު ނަމަވެސް، މާ ގިނައިރު އިރުތަކެއް ނުވެ ބައެއް ހިސާބުތަކަށް ކަރަންޓު ދިނެވެ.

އިއްޔެ ވެސް އަދި މިދިޔަ ހަފުތާގައި ވެސް މާލޭގެ އެކި ހިސާބުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނެވެ.