07 ސެޕްޓެމްބަރ 2018 - 07:23

މަޝްހޫރު ފެޝަން ކުންފުނި ޝެނެލް އިން ފިރިހެނުންނަށް ހާއްސަ މޭކަޕްލައިނެއް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފި އެވެ.
މޭކަޕް ކުރަން ޖެހެނީ ހަމައެކަނި އަންހެނުން ނޫންކަން އަންގައި ދެމުން ޝެނެލް އިން ފިރިހެނުންނަށް ތައާރަފު ކުރި މޭކަޕް ލައިނަށް ދީފައިވާ ނަމަކީ "ބޯއި ޑެ ޝެނެލް" އެވެ. މީގެ ދަށުން ވަނީ މޭކަޕްގެ އަސާސީ ތިން އުފެއްދުމެއް ތައާރަފުކޮށްފަ އެވެ.
އެއީ 8 ޝޭޑްގެ މައްޗަށް އެކުލެވޭ ފައުންޑޭޝަނަކާއި ހަތަރު ޝޭޑެއްގެ އައިބްރޯ ޕެންސިލް އާއި ލިޕް ބާމްއެކެވެ.
"ބޯއި ޑެ ޝެނެލް" ފުރަތަމަ ލޯންޗްކޮށްފައި ވަނީ ދެކުނު ކޮރެއާގަ އެވެ. އަދި އިންޓަނެޝަނަލް މާކެޓްތަކަށް މި އުފެއްދުން ވިއްކަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ޝެނެލްގެ ވެބް ސައިޓާއި އެ ކުންފުނީގެ ބުޓިކްތަކުން އުފެއްދުންތައް އާންމުކޮށް ގަންނަން ލިބޭނެ އެވެ.