އޭޑީކޭ ހެލްތް ސްކޫލުގެ ފުރަތަމަ ބެޗުން 12 ދަރިވަރަކު ދަސްވެނިވެއްޖެ
އޭޑީކޭ ހެލްތް ސްކޫލުގެ ފުރަތަމަ ބެޗުން 12 ދަރިވަރަކު ދަސްވެނިވެއްޖެ

އޭޑީކޭ ހެލްތު ސްކޫލުން ހިންގި ފުރަތަމަ ކޯހުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.

އޭޑީކޭ ހެލްތް ސްކޫލުގެ ފުރަތަމަ ބެޗުން 12 ދަރިވަރަކު ދަސްވެނިވެއްޖެ
އޭޑީކޭ ހެލްތް ސްކޫލުގެ ފުރަތަމަ ބެޗުން 12 ދަރިވަރަކު ދަސްވެނިވެއްޖެ

އެ ސްކޫލުން އެންމެ ފުރަތަމަ ހިންގީ އެމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯހެވެ. ތިން މަސް ދުވަހުގެ އެ ކޯސް ނިންމި 12 ދަރިވަރުން މިއަދު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

އޭޑީކޭ ހެލްތް ސްކޫލުގެ ފުރަތަމަ ބެޗުން 12 ދަރިވަރަކު ދަސްވެނިވެއްޖެ
އޭޑީކޭ ހެލްތް ސްކޫލުގެ ފުރަތަމަ ބެޗުން 12 ދަރިވަރަކު ދަސްވެނިވެއްޖެ

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ރައީސް ނަޔާޒް އަހުމަދު ވިދާޅުވީ އެމަޖެންސީ މެޑިކަލް ޓްރެއިނިން އަކީ ރާއްޖެ އަށް ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ. އެގޮތުން ބަލި މީހަކަށް ކަމެއް ދިމާވެއްޖެނަމަ ވަރަށް ސަމާލުކަން ދީގެން ހޮސްޕިޓަލް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންގޮސްދީ، ލިބުނު ތަމްރީނުގެ ބޭނުން ހިފަންޖެހޭނެ ކަމަށް، ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

މިއީ އެފަދަ ގޮތަކަށް ހިންގި އެމަޖެންސީގެ ފުރަތަމަ ކޯސްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށާއި ނަމަވެސް އެކަންތައް ހުރަސްކޮށް އެ ދާއިރާގައި ހިދުމަތް ކުރުމުގައި ދެމިތިބެން ޖެހޭކަމަށް ނަޔާޒު ވިދާޅުވި އެވެ.

އޭޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެމަޖެންސީ މެޑިކަލް ޓްރެއިނިން ކޯސް ފެށުމަށް މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރުވެފައިވާ ކަމަށެވެ. އެގޮތުން ހެލްތު ސްކޫލުގެ ފުރަތަމަ ކޯސް ހިންގުމުގައި ގޮންޖެހުންތަކާ ދިމާވި ނަމަވެސް ފުރަތަމަ ކޯހަށް ވެސް ގިނަ ދަރިވަރުން ކުރިމަތިލިކަމަށް ވިދާޅުވި އެވެ.

އެމަޖެންސީ މެޑިކަލް ކޯސް ނިންމި ދަރިވަރުން މަސައްކަތްކުރާނީ ހެލްތު ކައުންސިލްގެ މެޑިކަލް ކެއާ އެސިސްޓެންޓް ލައިސަންސް ލިބުމުންނެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން ވަޒީފާ ހަމަޖައްސައިދޭން ވަނީ ނިންމައިފަ އެވެ.

އަފްއާލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ކޯސްތައް ހިންގާނެ ކަމަށެވެ. ހެލްތު ސްކޫލުން މިހާރު އަންނަނީ ކޯހުގެ ދެ ވަނަ ބުރަށް ތައްޔާރުވަމުންނެވެ.