އެންޑްރޮއިޑް މޮބައިލް އޯއެސް އަށް 10 އަހަރު
އެންޑްރޮއިޑް މޮބައިލް އޯއެސް އަށް 10 އަހަރު

ގޫގުލް އަށް އެޗްޓީސީ އަކީ ވަރަށް މުހިންމު ކުންފުންޏެކެވެ. ސްމާޓްފޯން މާކެޓްގައި އެކަށީގެންވާ ފައިދާއެއް ނުހެދި، ކުންފުނި ބަނގުރޫޓުވާ ހިސާބުގައި އޮތަސް، އެޗްޓީސީ ކޮޅަށްޖެހޭތޯ ގޫގުލް ބުރަ މަަސައްކަތްތަކެއް ކުރެ އެވެ. އެންމެ ބޮޑު ސަބަބަކީ، މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ މޮބައިލް އޯއެސް، ކޮޅަށްޖެހުމުގައި އެޗްޓީސީން ގޫގުލް އަށް ވި އެހީތެރިކަމެވެ.

އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް އަށް މި އަހަރު، 10 އަހަރު ފުރިއްޖެ އެވެ. އެންޑްރޮއިޑްގެ ފުރަތަމަ އަދަދު ރިލީޒްކުރީ ސެމްޓެމްބަރު 23، 2008 ގަ އެވެ. އެންޑްރޮއިޑް ފޯނެއް އާންމުނަށް ބޭނުކުރެވޭ ފެންވަރުގައި އެންމެ ފުރަތަމަ އުފެއްދީ އެޗްޓީސީންނެވެ. އެއީ "އެޗްޓީސީ ޑްރީމް" (އެޗްޓިސީ ޖީ1" އެވެ.

އެޗްޓީސީ ޑްރީމް އަކީ އެންޑްރޮއިޑް ސޮފްޓްވެއާ ޓެސްޓްކުރަން އުފެއްދި ފޯނެކެވެ. އެހެންކަމުން އެންޑްރޮއިޑް ސްމާޓްފޯނުތަކުން މިހާރު ފެންނަ ކަހަލަ އެއްވެސް ފަސޭހައެއް، އެޗްޓީސީ ޑްރީމްގައި ނެތެވެ.

ސްމާޓްފޯނުތަކަށް މިސްރާބުޖެހޭ ގޮތަށް އެންޑްރޮއިޑް 1.1 ދޫކޮށްލި ނަމަވެސް، ވީޑިއޯ ޕްލޭޔަރެއް އަދި ފުރިހަމަ ކީބޯޑެއް ނެތެވެ. އެހެންކަމުން ބުރަ މަސައްކަތްތަކަށް ފަހު އެންޑްރޮއިޑް 1.5 "ކަޕްކޭކް" އުފައްދައި އާންމުކުރި އެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަށް 11 އަހަރަށް އަޅައިގަތްއިރު، މިހާރު އެއީ ހައިބަތު ބޮޑު އަދި ތަނަވަސް އޮޕަރޭޓިން ސިސްޓަމެކެވެ. ޑިވެލޮޕަރުންނެކޭ އެއްފަދައިން ބޭނުންކުރާ މީހުންނަށް ވެސް އެންޑްރޮއިޑްއާ ގަޔާވާން އެންމެ ފަސޭހަ ސިފަ އަކީ ބޭނުން ގޮތެއް ހެދުމެވެ. ބޭނުން ބަދަލުތަކެއް ގެނެވުމެވެ. އެޕަލް "އައިއޯއެސް"އާ މުޅިން ޚިލާފަށް، އެންޑްރޮއިޑް އޯއެސް އަކީ ހިތު ހުރި ސިފައެއް ޖައްސާލަން ފަސޭހަ އޮޕަރޭޓިން ސިސްޓަމެކެވެ.

އެންޑްރޮއިށް އޮޕަރޭޓިން ސިސްޓަމަށް 10 އަހަރަށް ފަހު ވެސް، ގޫގުލްގެ ޝައުގުވެރިކަމަށް ބަދަލެއް ނާދެ އެވެ. ޒަމާނީ ސިފަތައް އެކުލަވައި އެންޑްރޮއިޑް ތަރައްގީ އަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.