ރިޝީ ކަޕޫރްގެ "ރާޖްމާ ޗާވަލް" ނެޓްފްލިކްސް އަށް
ރިޝީ ކަޕޫރްގެ "ރާޖްމާ ޗާވަލް" ނެޓްފްލިކްސް އަށް

އަންނަ މަހު ބާއްވާ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރާ ރިޝީ ކަޕޫރްގެ އާ ފިލްމު "ރާޖްމާ ޗާވަލް" ގެ ރައިޓްސް ނެޓްފްލިކްސް ހޯދައިފި އެވެ.

އަންނަ މަހުގެ 10-21 އަށް ކުރިއަށް ގެންދާ ފެސްޓިވަލަށް ފަހު، ނެޓްފްލިކްސް އިން "ރާޖްމާ ޗާވަލް" ސްޓްރީމް ކުރާނީ ނޮވެމްބަރު މަހުގެ 30 ގަ އެވެ.

"ޕާޗްޑް" އާއި "ތީން ޕައްތީ" އަދި "ޝަބްދް" ފަދަ ފިލްމުތައް އުފައްދާފައިވާ ލީނާ ޔާދަވް ޑައިރެކްޓްކޮށްފައިވާ "ރާޖްމާ ޗާވަލް" އަކީ ނިއު ދިއްލީގައި ދިރިއުޅޭ ބައްޕައަކު އޭނާއާ ގުޅުން ކެނޑިފައިވާ ފިރިހެން ދަރިއަކު، ސޯޝަލް މީޑިއާ މެދުވެރިކޮށް އަލުން ގުޅުން ބަދަހިކުރަން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި ރިޝީއާ އެކު ބައިވެރިވާ ކާސްޓުންގެ ތެރޭގައި އަމީރާ ދާސްތޫރް، އަޕަރްޝަކްތީ ކުރާނާ، މުކޭޝް ޗަބްރާ، ހަރީޝް ކަންނާ، ނިރްމާލް ރިޝީ އަދި އަލަށް ތައާރަފުވާ އަނިރުދް ތަންވަރް ހިމެނެ އެވެ.

"ރާޖްމާ ޗާވަލް" ގައި ރިޝީގެ ދަރިފުޅުގެ ރޯލް ކުޅެފައި ވަނީ އަނިރުދް އެވެ.

އިންޑިއާގެ އުފެއްދުންތަކަަށް ވަރަށް ބޮޑަށް އަމާޒު ހިފާފައިވާ ނެޓްފްލިކްސް އިން ޖޫން މަހު ވަނީ ބޮލީވުޑްގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ވެސް ސްޓްރީމްކޮށްފަ އެވެ.