ޖޭމްސް ބޮންޑުގެ ދެ ވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ޖޭމްސް ބޮންޑުގެ ދެ ވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ

ޖޭމްސް ބޮންޑްގެ ރޯލް މިހާރު ކުޅެމުން އަންނަ އިނގިރޭސި އެކްޓަރު ޑެނިއެލް ކްރެއިގަށް އަނެއްކާވެސް ދަރިއަކު ލިބިއްޖެ އެވެ.

ޖޭމްސް ބޮންޑުގެ ދެ ވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ޖޭމްސް ބޮންޑުގެ ދެ ވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ

ޕީޕަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 50 އަހަރުގެ އެކްޓަރުގެ ދެވަނަ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅަކީ އަންހެން ކުއްޖެކެވެ. ނަމަވެސް ކުއްޖާ ވިހޭ ދުވަހަކާއި ނަން އަދި ހާމަކޮށްފަ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދަރިފުޅަށް މިހާރު މަހެއްވެއްޖެ އެވެ.

ކެރެއިގް އާއި "ދަ ދަމީ" އާއި "އެނެމީ އެޓް ދަ ގޭޓްސް" ފަދަ ފިލްމުތައް ކުޅެފައިވާ ރަޗެލް ވެއިޒް، 48، ކައިވެނިކޮށްފައި ވަނީ ހަ މަސް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު، 2011 ގަ އެވެ. އެ ދެ މީހުންނަށް ދަރިއަކު ލިބޭކަން އިއުލާންކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ކްރެއިގް ފުރަތަމަ ކައިވެންޏަށް އެލާ ކްރެއިގް ކިޔާ އަންހެން ކުއްޖަކު ލިބިފައިވެ އެވެ. އޭނާގެ އުމުރުން މިހާރު 26 އަހަރެވެ.

ކެރެއިގާއި ފިއޮނާ ލައުޑަން 1992 ގައި ކުރި ކައިވެނި އޭގެ ދެ އަހަރު ފަހުން ރޫޅުނީ 1994 ގަ އެވެ.

ރެޗެލް އަށް ވެސް ކުރިން ދަރިއަކު ލިބިފައިވެ އެވެ. އެއީ "ބްލެކް ސްވޯން" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ޑެރެން އެފްރޮނޮސްކީ އަށެވެ. އެ ދެ މީހުންނަށް ލިބުނު ހެންރީ އެފްރޮނޮސްކީ އަށް މިހާރު 12 އަހަރެވެ.

އެފްރޮނޮސްކީ ދާދި ފަހުން ވަނީ އޮސްކާ ހާސިލުކޮށްފައިވާ ޒުވާން ބަތަލާ ޖެނިފާ ލޮރެންސްއާ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފަ އެވެ.

ކްރެއިގަށް އިތުރު ކުއްޖަކު ލިބުނު އިރު، އޭނާ އަންނަނީ ބޮންޑްގެ 25 ވަނަ ފިލްމަށް ތައްޔާރުވަމުންނެވެ. އޭނާ ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމު ސިނަމާތަކަށް އަންނާނީ 2020 ގަ އެވެ.