އަލިގަދަ، ކޮންމެ ހާލަތަކަށް ކަމުދާ ބައްތިއެއް
އަލިގަދަ، ކޮންމެ ހާލަތަކަށް ކަމުދާ ބައްތިއެއް

ކުއްލި ހާލަތަކާ ދިމާވުމުން އަތުގައި ހުންނަންޖެހޭ މުހިއްމު ތަކެތީގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ އެއް އާލާތަކީ ޓޯޗެވެ. އާދައިގެ ކުދި ޓޯޗުތަކަކީ ކުދި ބޭނުންތަކަށް އެކަށީގެންވާ ޓޯޗަކަށް ވެދާނެއެވެ. އެކަމަކު ކާރިސާގެ ހާލަތަކަށް ބޭނުންވާނީ ވަރުގަދަ، އިތުބާރު ހިފޭވަރުގެ ޓޯޗެކެވެ.

ވައިޕާ 1000ލޫމެން ޓެކްޓިކަލް ފްލޭޝްލައިޓަކީ މިކަމަށް އެންމެ ފައްކާ އެއް ބާވަތުގެ ޓޯޗެވެ.

ނަމުން ވެސް އެނގޭ ފަދައިން މިއީ ބާރުގަދަ އައްޔެއް ދުރަށް ފޮނުވައިދޭ ޓޯޗެކެވެ. މިއީ ފަސް ދަރަޖައަކަށް އަލިކަން ގަދަކޮށް މަޑުކުރެވޭ ބައްތިއެކެވެ. ބޭނުން ނަމަ ފްލަޑްލައިޓްގެ އަލިކަމާ ދާދިއެއްވަރެއްގެ އަލިކަން ވެސް މި ޓޯޗުން ފޮނުވައިދެއެވެ. މިއީ މިހާރުވެސް އެމެރިކާގެ އަސްކަރިއްޔާގައި ކުއްލި ހާލަތުގެ ސިފައިން ބޭނުންކުރަމުން އަންނަ ފެންވަރުގެ ޓޯޗެކެވެ. ބިންހެލުމާއި، ފެންބޮޑުވުމާއި، ގަދަކަނޑާއި ވައިގަދަވެ ލިބޭ އެކި ގެއްލުންތަކުގެ ހާލަތަށް ވެސް މި ޓޯޗު ވަނީ ފައްކާކޮށްފައެވެ.

ވައިޕާ 1000ލޫމެން ޓޯޗު ފަރުމާކޮށްފައިވަނީ ޓައިޓޭނިޔަމްގެ މާއްދާއަކުންނެވެ. މި މަސައްކަތްކުރަނީ ރީޗާޖުކުރެވޭ ޒާތުގެ ލީތިއަމް ބެޓެރީއިންނެވެ.

ފެން ނުވަންނަ ގޮތަށް އުފައްދާފައިވާތީ ކޮންމެ ފަދަ ނުރައްކާތެރި މާހައުލަކަށް ވެސް މި ޓޯޗު ފުދެއެވެ. ސަލާމަތަށް އެދި މަސައްކަތްކުރާ ހާލަތެއްގައި ކުޑަދޮރެއް ނުވަތަ ބިއްލޫރިގަނޑެއް ތަޅާލަންވެއްޖެ ނަމަ އެކަން ކުރެވޭނެ ބާރު، މި ޓޯޗުގެ ބޮލުގައިވެއެވެ. އަދި ބާރުގަދަ އައްޔެއް ފޮނުވައިދިނުމުގެ އިތުރުން އެހީއަށް އެދި ސިގްނަލް ފޮނުވުމުގެ ކުޅަދާނަކަން ވެސް މި ޓޯޗަށް ލިބިދީފައިވެއެވެ.