ގުންޑޮޅިކަނޑައިގެން ގޮސް ވަޅަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ
ގުންޑޮޅިކަނޑައިގެން ގޮސް ވަޅަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ކޮނެފައިވާ ވަޅެއްގެ ގުންޑޮޅި ކަނޑައިގެން ގޮސް ވެއްޓި، ހއ. އުތީމުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަންގްލަަދޭޝް ފިރިހެނެއް ކަމަށްވާ ސަދުން ވަޅުގަނޑަށް ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ 10:30 ހާއިރު ކަމަށެވެ.

ސަދުން މަރުވީ އުތީމު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އެ އަތޮޅު ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ 35 އަހަރުގެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ބޭރުފުށުން ފެންނަން ހުރީ ކުދިކުދި ޒަހަމްތަކެއް ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެެވެ.