ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި
ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި

އިސްތަންބޫލް (އޮކްޓޯބަރު 7) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލިގެން ރިޕޯޓް ކުރި ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ، ވަނީ ކޮންސިއުލޭޓް ތެރޭ މަރާލާފައި ކަމަށް ތުރުކީގެ ކަމާ ބެހޭ އޮފިޝަލުން ތުހުމަތުކޮށްފި އެވެ.

ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި
ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި

"ތުރުކީ ފުލުހުން މިހާތަނަށް ބެލި ބެލުންތަކުން އެނގިފައި ވަނީ ޚާޝޮގީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ކަމަށް. އަދި އެއީ ކުރިން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ބެލެވޭ. އޭނާގެ ހަށިގަނޑު ވެސް ކޮންސިއުލޭޓުން ގެންގޮސްފައިވާ ކަމަށް ބެލެވޭ،" ތުރުކީގެ އޮފިޝަލުން ރޮއިޓާސް ނިއުސް އެޖެންސީ އަށް ބުނެފައިވެ އެވެ.

ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި
ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި

އެކަމަކު ކޮންސިއުލޭޓުގައި ތިބި ތުރުކީގެ އޮފިޝަލުން އެކަން ދޮގު ކުރެ އެވެ. އަދި ޚާޝޮގީ މަރާލި ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި
ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތުކޮށްފި

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޚާޝޮގީ ކޮންސިއުލޭޓަށް ދިޔަ ދުވަހު ވަނީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސައުދީ ޓީމެއް އިސްތަންބޫލަށް ގޮހެވެ.

"ސައުދީ ޓީމު އިސްތަންބޫލަށް ދަތުރުކޮށްފައި ވަނީ ދެ މަތިންދާ ބޯޓެއްގައި. އެކަމަކު ސައުދީ ޓީމުގައި ހިމެނެނީ ސެކިއުރިޓީ އޮފިސަރުން ކަމެއް ނުވަތަ ޑިޕްލޮމެޓުން ކަމެއް ނޭނގޭ،" އޮފިޝަލުން ބުނެފައިވެ އެވެ.

ނޫސްވެރިޔާ މަރާލި ކަމަށް އަޑުތައް ފެތުރިފައި މި ވަނީ އޭނާ ގެއްލުނު މައްސަލައިގެ ތަހުގީގު ތުރުކީން ފުޅާކޮށްފައި ވަނިކޮށެވެ. ތުރުކީގެ ވެރިކަން ކުރާ ޕާޓީން ބުނެފައި ވަނީ ޚަޝޮގީ ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދާނެ ކަމަށެވެ.

"ނޫސްވެރިޔާ ގެއްލުވާލުމުގައި ޒިންމާވާ މީހުން ހޯދާނަން،" އޭކޭ ޕާޓީގެ ތަރުޖަމާން އުމަރު ސެލިކް ވިދާޅުވި އެވެ.

ނޫސްވެރިޔާ ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ސައުދީ ސަފީރު ވަނީ ތުރުކީ ފޮރިން މިނިސްޓްރީ އަށް ހުކުރު ދުވަހު ހާޒިރުކޮށްފަ އެވެ. އަނެއް ކޮޅުން ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ކޮންސިއުލޭޓް ބަލާ ފާސްކުރުމުގެ ހުއްދަ ތުރުކީ ފުލުހުންނަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްތަންބޫލް ކޮންސިއުލޭޓަށް ނޫސްވެރިން ވަނުމުގެ ހުއްދަ ސައުދީން އިއްޔެ ވަނީ ދީފަ އެވެ.

ކޮންސުލް-ޖެނެރަލް މުހައްމަދު އަލް އުސައިބާ ރޮއިޓާސް އަށް ވިދާޅުވީ ސައުދީ ކޮންސިއުލޭޓާއި އެމްބަސީ ގުޅިގެން ޚާޝޮގީ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ޚާޝޮގީ ދިޔައީ އަންނަ ހަފުތާގައި ކައިވެނި ކުރާތީ ބައެއް ލިޔުންތައް ފުރިހަމަ ކުރުމަށެވެ. އޭނާގެ ތުރުކީ ލޯބިވެރިޔާ ބުނީ ކޮންސިއުލޭޓް ބަންދުކުރި އިރު ވެސް ޚާޝޮގީގެ ޚަބަރެއް ނުވި ކަމަށެވެ. ސައުދީން ބުނެފައި ވަނީ ޚަޝޯގީ ކޮންސިއުލޭޓަށް ދިޔަ ބޭނުން ނިމުމުން އޭނާ އެނބުރި ދިޔަ ކަމަށެވެ.

އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެން ފެށީ ސައުދީގައި ޙާޝޮގީ ލިޔަމުން ދިޔަ ނޫހުގެ ކޮލަމް ހުއްޓާލުމުންނެވެ. އަދި ވަލީ އަހުދުގެ ސިޔާސަތުތަކަށް ފާޑު ކިޔާ އޭނާ ކުރާ ޓްވީޓްތައް ހުއްޓާލުމަށް ވަނީ އިންޒާރު ދީފަ އެވެ. އޭގެ ފަހުން އޭނާ ދިޔައީ ވޮޝިންޓަން ޕޯސްޓަށް ކޮލަމެއް ލިޔަމުންނެވެ.