15 އޮކްޓޯބަރ 2018 - 10:33

ގަވާއިދާ ޚިލާފަށް މާލޭގެ ބިމު އަޑިން ފެން ނަގައި، ފެން ބޭރުކޮށްފައިވާތީ ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ 100،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މި ދެ ތަން ޖޫރިމަނާކުރީ، މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ޚިލާފަށް ފެން ބޭރުކޮށްފައިވާތީ އެވެ. ހައުސިން މިނިސްޓްރީ 50،000ރ. އިން ޖޫރިމަނާކުރިއިރު، އެމްޑަބްލިއުއެސްސީ ޖޫރިމަނާކުރީ 55،000ރ. އިންނެވެ.
މި ފައިސާ އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދައްކަން ވަނީ އަންގައިފަ އެވެ.
ބިން ފެން ނަގައި ބޭނުންކުރުމުގެ ގަވާއިދުގައިވާ ގޮތުން، އެކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންނެވެ. އެކަމަކު ހައުސިން އާއި އެމްޑަބްލިއުއެސްސީން ވެސް ފެން ބޭރުކޮށްފައި ވަނީ، ހުއްދަ ހޯދުމެއް ނެތި ކަމަށް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ބުނިގޮތުގައި، ހައުސިން މިނިސްޓްރީން ފެން ނަގައި ބޭރުކުރީ އެ އިމާރާތް ހުންނަ ސަރަހައްދުގެ ހުޅަނގު ކަންމަތިން އަމީނީ މަގަށްވާ ގޮތަށް ކަން މޮނިޓަރިން އިން ވަނީ ފާހަގަވެފަ އެވެ. އެމްޑަބްލިއުއެސްސީން ފެން ނަގައި ބޭރުކުރީ މާލޭގެ ހަވީރީ ހިނގުން ސަރަހައްދުން ކަަމަށް ވެސް އީޕީއޭ އިން ބުންޏެވެ.