ސައިކަލުގައި ވެސް ޑްރޯނެއް
ސައިކަލުގައި ވެސް ޑްރޯނެއް

ޑްރޯންތަކުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ މޮޅުވެ، ފައްކާވަމުންނެވެ. ކުރިން އެއީ މުނިފޫހިފިލުވާލުމަށް ބޭނުންކުރަމުން އައި އެއްޗަކަށް ވިޔަސް މިހާރު ޕްރޮފެޝަނަލް އެކި މަސައްކަތްތެރިންގެ ގާތް އެކުވެރިޔަކަށް ވެސް ޑްރޯންތައް އަންނަނީ ބައްޓަންވަމުންނެވެ. މި ނޫނަސް މުނިފޫހިފިލުވުމުގެ ދުނިޔެއަށް އުފައްދާ ޑްރޯންތައް އަދިވެސް ހަމަ އެގޮތުގައި އިތުރުވަމުންވެސްދެއެވެ.

ސައިކަލުގައި ވެސް ޑްރޯނެއް
ސައިކަލުގައި ވެސް ޑްރޯނެއް

ސައިކަލުގައި ބުރެއް ޖަހާލަން ނުކުމެ، ކުއްލިއަކަށް ޑްރޯން ދުއްވާލަން ހިތަށް އަރައިފިއްޔާ އެކަން ކުރެވޭނެ މަގު މިހާރު މިއޮތީ ފަހިވެފައެވެ. އެކަމަކު މިއީ ޚާއްސަ ބާވަތެއްގެ ސައިކަލެއްގައި ނޫނީ ބޭނުން ނުކުރެވޭނެ ޑްރޯނެކެވެ. މިކަމަށް ބޭނުންވަނީ ސައިކަލުގައި އަރިމަތިން ގުޅާލާފަ އޮންނަ ސައިޑްކާރެވެ. ޔޫރަލް އެއާ އަކީ ޑްރޯނަކަށް ވަކި ޖާގައެއް ޚާއްސަކޮށްގެން އުފައްދާފައިވާ ސައިޑްކާރެކެވެ.

ސައިކަލުގައި ވެސް ޑްރޯނެއް
ސައިކަލުގައި ވެސް ޑްރޯނެއް

ރާއްޖޭގައި މީގެ ސައިޑްކާރާ އެކު ސައިކަލު ދުއްވާ ނޫޅުނަސް ބައެއް ގައުމުތަކުގައި މިއީ އެކުވެރިޔަކާއެކު ބުރު ޖަހާލަން ނުކުންނަށް ހިތްއެދޭ މީހުން ބޭނުންކުރާ ޒާތުގެ އުޅަނދެކެވެ. ގަޑިއަކު 70 މޭލަށް ދުއްވަމުން މި ޑްރޯން އޮޕަރޭޓްކުރަން ފަސޭހަނުވެދާނެއެވެ. އެކަމަކު މި ސައިޑްކާރު ފަރުމާކޮށްފައިވަނީ ޑްރޯން ނައްޓާލުމަށާއި ލޭންޑްކުރަން ޖާގަ ދީގެންނެވެ. މިކަމަށްޓަކައި ސައިޑްކާރު ސީޓުގެ ކުރިމަތީގައި ވަކި ކޮމްޕާޓްމަންޓެއް ހަދާފައި ހުރެއެވެ. އެތަނަށް ފައްތާފައިވާ ޑްރޯނަކީ ޑީޖޭއައި މަރުކާގެ ސްޕާކް ޑްރޯނެކެވެ.

ޔޫރަލް މޮޓޯސައިކަލް ކުންފުނިން ބުނި ގޮތުގައި ޔޫރަލް ސައިޑްކާރުގައި އެވެރިން ބޭނުންކުރަނީ ޑީޖޭއައި މަރުކާގެ އެންމެ ކުޑަ ޑްރޯނެވެ. މިފަދަ ޑްރޯނެއް ސައިކަލުގައި އެޅުވުމުގެ މައިގަނޑު ބޭނުމަކީ ރަށްފުށު ހިސާބުގައި ދަތުރުމަތީ އުޅޭއިރު މަގު ހޯދުމަށް އެހީވުމެވެ. އަދި މިއީ ޒަމާންވީ ސައިޑްކާރު އުޅަނދަށް ލިބުނު ޓެކްނޮލޮޖީގެ ކުރިއެރުމެއްކަމަށް އެ ކުންފުނިން ދެކެއެވެ.

ޔޫރަލް އެއާ ސައިޑްކާރު އުފެއްދީ ވަރަށް މަދު އަދަދަކަށެވެ. އަގުވެސް ވަރަށް ބޮޑެވެ. ނޮވެމްބަރ ގައި ބާޒާރަށް ނެރެން ގަސްދުކުރާ މި ސައިޑްކާރު ޑްރޯންގެ އަގަކީ 18000 އެމެރިކާ ޑޮލަރެވެ. މީގެ ސިފަތަކާއި ޚާއްސަ ކަންކަމަށް ބަލައިގެން އަގު ކިޔާ ނަމަ މިއީ އެކަށީގެންވާ އަގެއްކަމަށް ވެސް ބައެއް މީހުންނަށް ގަބޫލުކުރެވިދާނެއެވެ. ބުނެވޭ ގޮތުގައި އެހާ ވަރަށް އަގު އަރައިގެން ދިޔަސް ޔޫރަލް އެއާ ސައިޑްކާރަށާއި ސްޕާކް ޑްރޯންއަށް އަރަނީ 1500 ޑޮލަރެވެ.