ރ. އަތޮޅުން ގދ. އާ ހަމައަށް ވައިޓް އެލާޓް
ރ. އަތޮޅުން ގދ. އާ ހަމައަށް ވައިޓް އެލާޓް

ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މި ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:00 ފެށިގެން މެންދުރު 1:00 އަށެވެ. މި ވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑާ އެކު 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މުޅި ރާާއްޖެ އަށް ވެސް ކުރިއަށް އޮތް 24 ގަޑިއިރު އާދައިގެ ވަރަކަށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުންޏެވެ.

މިއަދު ވައިޖެހޭނީ ހުޅަނގު ދެކުނުން ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، އިރު އުތުރުން ވައިޖެހޭނީ ތިން މޭލާއި 10 މޭލުގެ ބާރުމިނެއްގަ އެވެ. ވާރޭ ވެހުނަސް ކަނޑުދަތުރުކުރުން ނުރައްކާތެރިވާ ވަރަށް ކަނދުގަދަ ނުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.