ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި
ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި

މެލޭޝިއާގެ މަޝްހޫރު ރެސްޓޯރަންޓް ފްރެންޗައިސް ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވޯޓާ ފްރަންޓްގައި ހުޅުވައިފި އެވެ.

ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި
ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި

މިއީ ރާއްޖޭގައި އެ ފްރެންޗައިސް އިން ހުޅުވި ދެވަނަ ރެސްޓޯރަންޓް އެވެ. ސީކްރެޓް ރެސިޕީގެ ފުރަތަމަ ރެސްޓޯރަންޓް 2016 ވަނަ އަހަރު ހުޅުވުމާއެކު ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި
ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމައްޗަށް ވާގޮތަށް އަލަށް އިމާރަތް ކުރި ވޯޓާ ފްރަންޓް އިމާރާތުގައި ހުޅުވި 'ސީކްރެޓް ރެސިޕީ: ވޯޓާ ފްރަންޓް' އަކީ ރީތި ނޫ ކަނޑާއި މާލޭގެ މަންޒަރު ސާފުކޮށް ފެންނަ ގޮތަށް ޑިޒައިން ކޮށްފައިވާ ތަނެކެވެ.

ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި
ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި

އެ އައުޓްލެޓްގެ ޗީފް އޮޕަރޭޓީން މެނޭޖަރު ޔިވޯން ސޯ ވިދާޅުވީ އެއާޕޯޓްގައި ހުޅުވި ސީކްރެޓް ރެސިޕީ އަކީ ޓޫރިސްޓުންގެ އިތުރުން އާންމުންނަށް ވެސް ހުޅުވާލި ހިތްގައިމު ތަނެއް ކަމަށެވެ. އަދި އާންމުން ދެކޭ ގޮތުގައި އެއާޕޯޓްގައި ހުޅުވާ ބައެއް ތަންތަން އަގުބޮޑުވި ނަމަވެސް، މާލޭގެ ސީކްރެޓް ރެސިޕީ އައުޓްލެޓް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުޅުވި އައުޓްލެޓްގެ އަގުތަކުގައި މާ ބޮޑު ތަފާތެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެތަނުގެ އަގުތައް ހުންނާނީ އާންމުގެ އަތް ފޯރާ ހިސާބުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި
ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓް ވޯޓާ ފްރަންޓްގައި ހުޅުވައިފި

ޔިވޯން ވިދާޅުވީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަމައެކަނި ދަތުރު ފަތުރު ކުރަން މީހުން ދާނެ ތަނެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އާންމުން ރައްޓެހިންނާ އެކު ވަގުތު ހޭދަ ކޮށްލުމަށް ވެސް ދެވޭނެ ތަނަކަށް ވެގެން ދާނެ ކަމަށެވެ. އެގޮތުން އެ އައުޓްލެޓްގައި އެކި ޕާޓީތަކާ، ވިޔަފާރިވެރިންގެ މުހިންމު ބައްދަލުވުންތައް ބާއްވަން ރަނގަޅު ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަޖީދީ މަގުގައި ހުޅުވި އައުޓްލެޓެކޭ އެއްފަދައިން އާންމުންގެ މަޝްހޫރުކަން ހޯދާފައިވާ ސީކްރެޓް ރެސިޕީގެ ތަފާތު ކޭކުތައް ވޯޓާ ފްރަންޓް އައުޓްލެޓުން ވެސް ލިބެން ހުންނާނެ އެވެ. އަދި އަލަށް ހުޅުވި އައުޓްލެޓްގައި އެއް ކޭކް ސްލައިސް އެއް ގަތުމުން ދެވަނަ ސްލައިސެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދަނީ ކުރިޔަށެވެ. އޭގެ އިތުރުން ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވެފައިވާ ރެސިޕީތަކާއި ތާޒާ މޭވާގެ ބުއިންތައް ލިބެން ހުންނާނެ ކަމަށް އެތަނުން ބުނެއެވެ.

ސީކްރެޓް ރެސިޕީއަކީ 1997 ވަނަ އަހަރު މެލޭޝިއާގައި އުފެއްދި ބްރޭންޑެކެވެ. އަދި މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ފްރެންޗައިސްގެ 440 އަށް ވުރެ ގިނަ އައުޓްލެޓް ހުޅުވައި އޮޕަރޭޓް ކުރަމުން ދެއެވެ.