ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި
ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، އިޖުތިމާއީ މަސައްކަތް ކުރެއްވުމަށް އުފެއްދެވި ޖަމިއްޔާ ރޭ އިފްތިތާހު ކޮށްފި އެވެ.

ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި
ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި

އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޝަލް އެއިޑްސް (އަސްބާ)ގެ ނަމުގައި އުފެއްދެވި އެ ޖަމިއްޔާ ރޭ އިފްތިތާހު ކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ. އެ ޖަމިއްޔާގެ ފައުންޑަރުންނަކީ ނަހުލާ އާއި އޭނާގެ މަންމާފުޅު ޚަދީޖާ އިބްރާހިމެވެ.

ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި
ގާސިމްގެ އަނބިކަނބަލުން އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި

ޖަމިއްޔާ އިފްތިތާހު ކުރެއްވުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަތެވެ. އަދި އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް ބައިވެރިވި އެވެ.

ޖަމިއްޔާއާ ގުޅޭ ގޮތުން ނަހުލާ ވިދާޅުވީ އޭނާގެ މަގުސަދަކީ ޚައިރާތުގެ ނަމުގައި ސަލާން ޖެހުމުގެ މާހައުލެއް ގާއިމުކުރުން ނޫން ކަމަށެވެ. އެ ޖަމިއްޔާއަކީ ގައުމު އާރާސްތު ކުރުމަށް ފެށި އިޖުތިމާއީ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމާޒަކީ އިޖުތިމާއީ ބައެއް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުމުގައި އަޅުގަނޑުމެންނަށް ވެވުނު މިންވަރަކުން އެހީވުން، ބައިވެރިވުން،" ނަހުލާ ރޭ ވިދާޅުވި އެވެ.

އޭނާގެ މަގުސަދަކީ ކަންކަން ކޮށް ފަރުދީ ޒިންމާ އަދާ ކުރުން ކަމަށް ނަހުލާ ވިދާޅުވި އެވެ. މައްސަލަތައް ހައްލު ކުރުމުގައި އިސްކަން ދެއްވާނީ ދާއިމީ ނަތީޖާ އަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ސަދަގާތު ފައުންޑޭޝަންގެ ނަމުގައި އިޖުތިމާއީ މަސައްކަތް ކުރެއްވުމަށް ހިންގަވާ ޖަމިއްޔާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެއީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ އެކު އެވެ.

ނަހްލާ ވިދާޅުވީ ފާޑުކިޔުން އަމާޒު ނުވާ ގޮތަށް މަސައްކަތެއް ނުކުރެއްވޭނެ ކަމަށާއި ބިނާކުރަނިވި ފާޑުކިޔުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.