ސިފައިންގެ ފްލެޓުތައް ނިންމަން ހުރި ހުރަސްތަކާ ގުޅޭ މައުލޫމާތު މިނިސްޓަރު މާރިޔާ ހޯއްދަވައިފި
ސިފައިންގެ ފްލެޓުތައް ނިންމަން ހުރި ހުރަސްތަކާ ގުޅޭ މައުލޫމާތު މިނިސްޓަރު މާރިޔާ ހޯއްދަވައިފި

ސިފައިންނަށް ހުޅުމާލޭގައި އަޅަމުން ގެންދާ ފްލެޓްތަކުގެ މަސައްކަތް އަހަރެއް ތެރޭގައި ނިންމަން ހުރި ގޮންޖެހުންތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު އޮޅުންފިލުއްވައިފި އެވެ.

ސިފައިންގެ ފްލެޓުތައް ނިންމަން ހުރި ހުރަސްތަކާ ގުޅޭ މައުލޫމާތު މިނިސްޓަރު މާރިޔާ ހޯއްދަވައިފި
ސިފައިންގެ ފްލެޓުތައް ނިންމަން ހުރި ހުރަސްތަކާ ގުޅޭ މައުލޫމާތު މިނިސްޓަރު މާރިޔާ ހޯއްދަވައިފި

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އެއް ވައުދަކީ ސިފައިންގެ ފްލެޓްތަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ވަދެވޭ ގޮތް ހެދުމެވެ.

ސިފައިންގެ ވެލްފެއާ ކަންކަން ބަލާ ކުންފުނި، ސިފްކޯއިން ހިންގާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އޮތް ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މާރިޔާ ވަނީ ހޯއްދަވާފައި ކަމަށް، ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ސިފައިންނާއި ފުލުހުންނަށް 14 ބުރީގެ ހަ ޓަވަރުގައި އަޅާ ފްލެޓްތަކުގެ މަސައްކަތް ފެށިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ނިމިފައެއްނުވެ އެވެ. އެތަނުގައި މިހާރު ކުރަމުން އެތެރޭގެ މަސައްކަތްތަކެވެ. ފްލެޓްތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ.