ދޯސްތީގެ ތަމްރީނުތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފި
ދޯސްތީގެ ތަމްރީނުތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފި

އިންޑިޔާ އާއި ސްރީލަންކާއާ ގުޅިގެން "ދޯސްތީ"ގެ ނަމުގައި ރާއްޖޭގައި ބާއްވާ އަސްކަރީ ތަމްރީނުތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ބައްލަވާލައްވައިފި އެވެ.

ދޯސްތީގެ ތަމްރީނުތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފި
ދޯސްތީގެ ތަމްރީނުތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފި

މިއަދު ހެނދުނުން ފެށިގެން ކަނޑުމަތީގައި ކުރި އަށް ދާ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގަތީ އިންޑިއާގެ ކޯސްޓް ގާޑް ހެލިކޮޕްޓަރެއްގަ އެވެ.

ދޯސްތީގެ ތަމްރީނުތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފި
ދޯސްތީގެ ތަމްރީނުތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފި

ދޯސްތީ ތަމްރީނުތަކުގެ ތެރެއިން ހިންގާ ބާއްވާ ފަރިތަކުރުންތަކުގައި ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ހާލުގައި ޖެހޭ މީހުން ސަލާމަތްކޮށް، ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ހާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ފަރިތަކޮށްފައިވެ އެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައް ވެސް ފަރިތަކޮށްފައިވެ އެވެ.

ދޯސްތީގެ ނަމުގައި ބާއްވާ ތަމްރީނުތައް 1992 ވަނަ އަހަރު ފެށީ އިންޑިޔާ އާއި ރާއްޖެ އެވެ. ލަންކާ އިން ދޯސްތީގައި ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިއީ އެ ގޮތަށް ކުރި އަށް ގެންދާ 14 ވަނަ ތަމްރީނު ޕްރޮގްރާމެވެ.

މާދަމާގެ ނިޔަލަށް ކުރި އަށް ގެންދާ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވެ އެވެ.