30 ނޮވެމްބަރ 2018 - 15:55

ޖަކާޓާ (ނޮވެމްބަރު 30) - އިންޑޮނީޝިއާގެ ހުޅަނގުގެ ބަންޑާ އަޗޭގެ ޖަލެއް ފަޅާލުމަށް ފަހު 90 ގައިދީން ފިލައިފި އެވެ.

ޖަސްޓިސް މިނިސްޓްރީން ބުނީ ޖަލު ފަޅާލާފައި ވަނީ އިރުއޮއްސޭރު ނަމާދަށް ގައިދީން ގޮޅިތަކުން ނެރުނު ވަގުތު ގާޑުންނަށް ހަމަލާ ދިނުމަށް ފަހު ކަމަށެވެ. ފިލަން މަސައްކަތް ކުރި ބައެއް ގައިދީން ވަނީ ހައްޔަރުކޮށްފަ އެވެ.
"ޖަލު ފަޅާލިއިރު ޖަލުގައި 726 ގައިދީން ތިބި. އޭގެ ތެރޭން 113 މީހުން ވަނީ ފިލައިފައި. އަތުލައިގަނެވުނީ 23 މީހުން،" ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމަނާކު ވިދާޅުވި އެވެ.
ބަންޑާ އާޗޭގެ ފުލުހުންގެ ވެރިޔާ ޓްރިސްނޯ ރިޔަންޓޯ ވިދާޅުވީ ފިލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުން ފިލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށެވެ. ޖަލުން ފިލި ގައިދީން އަމާން ދިނުމަށް ފުލުހުން ވަނީ ތިން ދުވަހުގެ މުހުލަތު ދީފަ އެވެ.
މިދިޔަ މެއި މަހު ވެސް އިންޑޮނީޝިއާގެ ޖަލެއް ފަޅާލުމަށް ފަހު 400 ގައިދީން ވަނީ ފިލައިފަ އެވެ. އަދި ޖުލައި 2013 ގައި ވަނީ މެދާންގެ ޖަލެއްގައި ހިންގި ހަމަނުޖެހުމަކަށް ފަހު 240 ގައިދީން ފިލައިފަ އެވެ.