ވަންޕްލަސް "ޑޭޝް ޗާޖް" ދޫކޮށް "ވޯޕް ޗާޖް" އަށް
ވަންޕްލަސް "ޑޭޝް ޗާޖް" ދޫކޮށް "ވޯޕް ޗާޖް" އަށް

ސްމާޓްފޯނުތަކުގެ ބެޓެރީ ޗާޖްކުރަން ބޭނުންކުރެވޭ ޓެކްނޮލޮޖީ އަށް އެކި ކުންފުނިން ކިޔަނީ އެކި ނަމެވެ. އޭގެ ތެރޭގައި "އެޑަޕްޓިވް ފާސްޓް ޗާޖް"، "ކުއަލްކޮމް ކުއިކް ޗާޖް"، "ވޫކް ފާސްޓް ޗާޖް"، "ޓާބޯ ޖާޗް"، "ޔޫއެސްބީ-ޕީޑީ"، "ސުޕާ ޗާޖް"، "ޑޭޝް ޗާޖް" އަދި "ވޯޕް ޗާޖް" ހިމެނެ އެވެ.

ވަންޕްލަސް "ޑޭޝް ޗާޖް" ދޫކޮށް "ވޯޕް ޗާޖް" އަށް
ވަންޕްލަސް "ޑޭޝް ޗާޖް" ދޫކޮށް "ވޯޕް ޗާޖް" އަށް

ސެމްސަންގް ފޯނުތަކުގައި އާންމުކޮށް ބޭނުންކުރެވެނީ "އެޑަޕްޓިވް ފާސްޓް ޗާޖް" ނަމަވެސް، "ކުއަލްކޮމް ކުއިކް ޗާޖް" ސަޕޯޓްކުރާ ފޯނުތައް ވެސް ގެލަކްސީ މަރުކާގައި ހިމެނެ އެވެ. އަދި ކުއަލްކޮމް ހުއްދަކުރާ ބައެއް އެހެން ފޯނުތަކުގައި ވެސް މި ޓެކްނޮލޮޖީ ގާއިމުކޮށްފައި ވެ އެވެ.

އޮޕޯ ފޯނުތަކަށް ޚާއްސަކޮށްފައި ވަނީ "ވޫކް ފާސް ޗާޖް" އެވެ. "ޓާބޯ" އަކީ މޮޓޮރޯލާ ފޮނުތަކުގެ ބެޓެރީ ޗާޖްކުރަން ބޭނުންކުރާ ޓެކްނޮލޮޖީ އެވެ.

ގޫގުލް ޕިކްސެލް އަދި އެޕަލްގެ ލެޕްޓޮޕް ބެޓެރީ އަވަހަށް ޗާޖްކުރަން ބޭނުންކުރެވެނީ "ޔޫއެސްބީ-ޕީޑީ" އެވެ. "ސުޕާ ޗާޖް" އަކީ ވާވޭ ގެންގުޅޭ ޓެކްނޮލޮޖީއެކެވެ.

ވަންޕްލަސް އިން "ޑޭޝް ޗާޖް" ކުރިން ބޭނުންކުރި ނަމަވެސް މިހާރު ވަނީ "ވޯޕް ޗާޖް" އަށް ބަދަލުކުރަން ފަށާފަ އެވެ. ސަބަބަކީ، ޔޫރަޕްގައި ޑޭޝް ޗާޖް ބޭނުންކުރަން ވަންޕްލަސް އަށް ހުއްދަ ނުލިބުމެވެ.

ސްމާޓްފޯނުތަކުގެ ބެޓެރީ ޗާޖްކުރަން މިހާ ގިނަ ވައްތަރުތަކުގެ ޓެކްނޮލޮޖީ އުފައްދާފައި ހުރި ނަމަވެސް، މައިގަނޑު ގޮތެއްގައި ކުރެވެނީ އެއް ބޭނުމެކެވެ. ބެޓެރީ އަވަހަށް ޗާޖުކުރުމެވެ. އެހެން ނަމަވެސް، ބެޓެރީ ޗާޖުކުރުމުގައި އެކި ޓެކްނޮލޮޖީ އަށް ކުރެވެނީ އެކި ވަރެވެ.

ވަންޕްލަސް ފޯނުތައް ޗާޖްކުރަން "ވޯޕް ޗާޖިން" ޓެކްނޮލޮޖީ ބޭނުންކުރެއްވޭއިރު، އެހެން ކުންފުންޏަކުން އުފައްދާ ފޯނަކަށް މި ޓެކްނޮލޮޖީ ނުގުޅިދާނެ އެވެ. ގުޅުވަން ބޭނުން ނަމަ ޖެހޭނީ ދެ ކުންފުނިން މަޝްވަރާކުރާށެވެ.

ފޯނެއްގެ ބެޓެރީ އަވަހަށް ޗާޖުކުރަން، ބެޓެރީ ޗާޖުކުރަން ބޭނުންކުރާ ޗާޖަރު އަދި ވާގަނޑު ވެސް ވާން ޖެހެނީ އެ ޓެކްނޮލޮޖީއެއް ސަޕޯޓްކުރާ އާލާތްތަކަކަށެވެ. ވަންޕްލަސް ފޯނެއްގެ ބެޓެރީ ވޯޕް ޗާޖަރެއް ބޭނުންކޮށްގެން ކުރާ ނަމަ، ޗާޖުކުރަން ބޭނުންކުރާ ވާގަނޑުގައި ވެސް އެ ފެންވަރު ހުންނަން ޖެހެ އެވެ.
ވަންޕްލަސް ފޯނުތަކަށް "ވޯޕް ޗާޖް" ތައާރުފުކޮށް އެންމެ ފުރަތަމަ ނެރުނު ފޯނަކީ، ވަންޕްލަސް 6ޓީ "މެކްލޭރަން އެޑިޝަން" އެވެ. އެ ފޯނުގައި ހިމަނާފައި ވަނީ "ވޯޕް ޗާޖް 30" އެވެ.