21 އޯގަސްޓް 2016 - 06:40

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ އާ އަލްބަމް "ގްލޮރީ" މި މަހުގެ 26 ގައި ނެރެން ނިންމައިފި އެވެ.
އަަލްބަމް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބްރިޓް ވަނީ އަލްބަމްގައި ހިމެނޭ ލަވަތަކުގެ ނަންތައް ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.
"ގްލޮރީ" ގައި 17 ލަވަ ހިމެނެ އެވެ. އަލްބަމްގެ ޓްރެކް ލިސްޓް ވަނީ އައިޓިއުންސްގައި ވެސް ހިމަނައިފަ އެވެ. އަލްބަމް ރިލީޒް ކުރަން ހަފުތާއަކަށް ވެފައި ވަނިކޮށް ޓްރެކް ލިސްޓް ފޭނުންނަށް ދޫކޮށްލި ވާހަކަ ބްރިޓްނީ ވަނި ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.
އަލްބަމް މި މަހުގެ 26ގައި ރިލީޒް ކުރާއިރު، އޭގެ ހަތަރު ލަވައެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
އެ ލަވަތައް މިހާރު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކީ "މޭކް މީ..." އެވެ. މި ލަވައިގައި މަޝްހޫރު ރެޕާ ޖީ-އީޒީ ބްރިޓްނީ އާާ އެކު ބައިވެރިވެ އެވެ.
ދެ ކުދިން ވެސް ތިބި އުމުރުން 34 އަހަރުގެ ލަވަ ކިއުންތެރިޔާ މީގެ ކުރިން ވެސް ވަނީ ވަރަށް ކާމިޔާބު އަށް އަލްބަމެއް ނެެރެފަ އެވެ.
އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އަލްބަމްތަކަކީ އޫޕްސް!...އައި ޑިޑް އިޓް އެގެއިން (2000) އާއި ބޭބީ ވަން މޯ ޓައިމް (1999) އެވެ.
ބްރިޓްނީ އެންމެ ފަހުން ނެރުނު އަލްބަމް "ބްރިޓްނީ ޖީން" ނެރުނީ 2013 ގަ އެވެ.
އޭނާ ވަނީ ލަވަ ކިއުމުގެ އިތުރަށް ބައެއް ފިލްމްތަކުގައި އެކްޓް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ފެރެންހައިޓް 9/11 (2004)، ކްރޮސްރޯޑްސް (2002) އަދި ޕޯލީ ޝޯ އިޒް ޑެޑް (2003) ފާހަގަކޮށްލެވެ އެވެ.