އޭސް ހާޑްވެއާ އިން ބާބެކިއު ބާއްވައި "ވިން އަ ގްރިލް" ގެ ނަސީބުވެރިޔާ ހޮވައިފި
އޭސް ހާޑްވެއާ އިން ބާބެކިއު ބާއްވައި "ވިން އަ ގްރިލް" ގެ ނަސީބުވެރިޔާ ހޮވައިފި

އޭސް ހާޑްވެއަ އިން ކަސްޓަމަރުންނަށް ހާއްސަ ބާބެކިއުއެއް ބާއްވައި، އެ ތަނުން ހިންގި "ވިން އަ ޑްރިލް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އޭސް ހާޑްވެއަ އިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ރަސްފަންނު ބާބަކިއު ސަރަހައްދުގައި، ކަސްޓަމަރުންނަށް ބޭއްވި ބާބެކިއުގައި، ފިހާރައިގެ ހަތް ވަނަ އަހަރީ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނީ އަހްމަދު ވިޝާހެވެ. އޭނާ އަށް އިނާމަކަށް ދިނީ ގްރިލް މާކްގެ ކެތިލް ގްރިލްއެކެވެ.

އޭސް ހާޑްވެއައިން މިދިޔަ މަހުގެ 27-29 އަށް ކުރި ކޮންމެ ވިޔަފާރިއަކަށް ބާބަކިއު އެންޓްރީ ކޫޕަނެއް ދޫކުރި އެވެ. ބާބެކިއު އާއި ގްރިލް ލިބޭ ނަސީބުވެރިޔާ ހޮވުމުގައި ބައިވެރިވެވޭނީ މި ކޫޕަނުންނެވެ.

އޭސް ހާޑްވެއަ އަކީ ބާބެކިއު ހެދުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވިއްކާ ތަނެކެވެ. ކަސްޓަމަރުންނަށް ބޭއްވި ބާބެކިއުގައި ވެސް ބޭނުންކޮށްފައިވަނީ އެ ފިހާރާގައި ވިއްކާ ގްރިލް އެވެ.

އޭސް ހާޑްވެއަގެ ފިހާރައެއް އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވީ މީގެ ހަތް އަހަރު ކުރިން، ޑިސެމްބަރު 15، 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ގުޅިގެން ފެށި ވިޔަފާރިއެކެވެ.