ދަރިފުޅު ގޮވައިގެން ބައްޕަ ދިޔައީ ފުވައްމުލަކަށް
ދަރިފުޅު ގޮވައިގެން ބައްޕަ ދިޔައީ ފުވައްމުލަކަށް

ގއ. ކަނޑުހުޅުދޫން ކުޑަ ފިރިހެން ދަރިފުޅު ގޮވައިގެން ފިލި ބައްޕަ ދިޔައީ އޭނާގެ ރަށް ފުވައްމުލަކަށް ކަމަށް ކަނޑުހުޅުދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ކަނޑުހުޅުދޫ އަންހެނަކާ އިނދެގެން އުޅޭ ފުވައްމުލަކު ފިރިހެން މީހާ، ތިން އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން އިއްޔެ ކަނޑުހުޅުދޫން ފުރީ އޭނާގެ އަންހެނުންނަށް ނާންގަ އެވެ. އެ މީހުން ވީތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.

ކަނޑުހުޅުދޫ ކައުންސިލުން މިއަދު ބުނިގޮތުގައި އެކިގޮތްގޮތަށް ކުރި މަސައްކަތުން އެ ދެބަފައިން ތިބީ ފުވައްމުލަކުގައިކަން އެނގިފައިވާ ކަމަށެވެ.

އެކަން ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެ ދެމަފިރިން ކުރިން ދިރިއުޅެމުން ދިޔައީ ފުވައްމުލަކުގަ އެވެ. އެ މީހުން ކަނޑުހުޅުދޫ އަށް ބަދަލުވި ފަހުން އަދި ހަފްތާއެއް ވެސް ނުވެ އެވެ.