17 ޖެނުއަރީ 2019 - 10:27

ޖަރުމަންގެ އިގްތިސާދު ކުރިއަރާ މިންވަރު 2013 ގެ ފަހުން އެންމެ ބޮޑަށް ދަށްވި އަހަރަކަށް 2018 ވެއްޖެ އެވެ.
ޖަރުމަނުގެ ފެޑަރަލް ސްޓެޓިސްޓިކްސް އޮފީހުން ބުނީ ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު ކުރިއަރާ މިންވަރު ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މުޅި ދުނިޔޭގެ އިގްތިސާދީ ދުވެލި ދަށްވުމާއި އެއްގަމު އުޅަނދު ފަހަރު އުފައްދާ އިންޑަސްޓްރީގެ ދުވެލި ދަށަށް ދިއުން ކަމަށެވެ.
މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދު ކުރިއަރާފައިވަނީ 1.5 ޕަސެންޓަށެވެ. މިދިޔަ އަހަރު ފެށުނު އިރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި އޮތީ 1.8 ޕަސެންޓެވެ. ޖަރުމަނުގެ އިގްތިސާދު 2017 ގަައި ކުރިއެރީ 2.2 ޕަސެންޓަށެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ޖަރުމަނުގެ އިގްތިސާދު 0.2 ޕަސެންޓަށް ދަށްވެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި ހިނގާދިޔަ ވިޔަފާރީގެ އަރައިރުންތަކާ ހުރެ އެވެ. މީގެ ތެރޭގައި ޗައިނާ އާއި އެމެރިކާއާ ދެމެދު ފެށުނު ވިޔަފާރީގެ އަރައިރުންތައް ހިމެނެ އެވެ.
ޖަރުމަނުގެ އިތުރުން އެމެރިކާ އާއި ޗައިނާގެ އިންތިސާދު ކުރިއަރާ މިންވަރު ވެސް ވަނީ މަޑުޖެހިލައިފަ އެވެ.