17 ޖެނުއަރީ 2019 - 21:40

ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ދިރާގުން ބުނިގޮތުގައި އިއްޔެއިން ފެށިގެން ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިރާގު އެޕާއި މައި އެކައުންޓްގެ ޚިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އަދި ބައެއް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް ނުނެގުމުގެ މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނިގޮތުގައި ދިމާވި މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބައެއް ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ދިރާގުން ބުންޏެވެ.