ތިނަދޫގެ ތާރީހީ ހަނދާންތަކާ ގުޅޭ ފޮތެއް ނެރެފި
ތިނަދޫގެ ތާރީހީ ހަނދާންތަކާ ގުޅޭ ފޮތެއް ނެރެފި

ގދ.ތިނަދޫގެ ތާރީހީ ހަނދާންތަކުގެ މައްޗަށް ތަސްވީރުން އެކުލަވާލާފައިވާ އިލެކްޓްރޯނިކް ފޮތެއް އިއްޔެ ނެރެފި އެވެ.

ގައުމީ އަރުޝީފުން ބުނި ގޮތުގައި އެ ތަނުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެވެ.

"ތިނަދޫގެ ތާރީހީ ތަސްވީރުތަކުގެ ތެރެއިން" މި ނަމުގައި އެކުލަވާލި ފޮތަކީ ތިނަދޫގެ ތާރީހީ ހަނދާންތަކުގެ މައްޗަށް ތަސްވީރުން އެކުލަވައިލި ފޮތެއް ކަމަށް ގައުމީ އަރުޝީފުން ބުންޏެވެ.

އަރުޝީފްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވީ މި ފޮތުގައި ހިމެނެނީ މީގެ 50 އަހަރު ކުރިން 1960ގެ އަހަރުތަކުގައި ރާއްޖޭގައި ހިނގައިދިޔަ ފަނޑުވުމެއް ނެތް ތާރީހީ ހަނދާންތަކެއް ކަމަށެވެ.

މި ފޮތް ނެރުނީ އޯގަސްޓް 22، 1966 ގައި ތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރިވިތާ 50 އަހަރު ފުރޭ ރަންޔޫބިލް މުނާސަބަތުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ވެސް ގައުމީ އަރުޝީފުން ބުންޏެވެ.