30 ޖެނުއަރީ 2019 - 17:31

އަލިމަތާ ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
"ނޯޓިލަސް 2" ސަފާރީން ޑައިވިނަށް ދިޔަ މި މީހާ އަކީ އުމުރުން 57 އަހަރުގެ ޖަރުމަނު މީހެކެވެ. އޭނާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު ފަހު 1:30 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނުނީ 4:30 ހާއިރު ކަމަށާއި ޑައިވަރުން މިހާރު އަންނަނީ އެ މީހާ ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
މި ޖެނުއަރީ މަހު ގެނބިގެން ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ މަރުވެފަ އެވެ. އަދި މި ދުވަސްވަރު ކުއްލި މަރުގެ ހާދިސާތައް ގިނަ އެވެ. މިއަދު ހެނދުނު، މާލޭ ކަރާ މާރުކޭޓާ ދިމާލު މޫދުން ވެސް ވަނީ މަރުވެފައި އޮތް ބިދޭސީއަކު ފެނިފަ އެވެ.