ރަފިއްޔާ ވަކިކޮށް ޔާސިރު އެސްޓީއޯ ބޯޑަށް!
ރަފިއްޔާ ވަކިކޮށް ޔާސިރު އެސްޓީއޯ ބޯޑަށް!

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަންގެ ބޯޑުން އައިޝަތު ރަފިއްޔާ ވަކިކޮށް، އެ މަގާމަށް އިސްމާއިލް ޔާސިރު ހަމަޖައްސައިފި އވެެ.

އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ބޯޑަށް މ. ހުއިވަނި، އިސްމާއިލް ޔާސިރު އައްޔަނުކޮށްފައިވަނީ މިއަދު އެވެ.

ރަފިއްޔާ އެސްޓީއޯ ބޯޑަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެސްޓީއޯ ބޯޑުގައި ހަ މެންބަރުން ތިބެ އެވެ.