ޕާކިސްތާނާ އެކު ސައުދީން 20 ބިލިއަން ޑޮލަރު އެއްބަސްވުމަކަށް
ޕާކިސްތާނާ އެކު ސައުދީން 20 ބިލިއަން ޑޮލަރު އެއްބަސްވުމަކަށް

އިސްލާމްއާބާދު (ފެބްރުއަރީ 18) - ޕާކިސްތާނާ އެކު 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސައުދީ އަރަބިއާ އިން އިއްޔެ ސޮއިކޮށްފި އެވެ.

ޕާކިސްތާނާ އެކު ސައުދީން 20 ބިލިއަން ޑޮލަރު އެއްބަސްވުމަކަށް
ޕާކިސްތާނާ އެކު ސައުދީން 20 ބިލިއަން ޑޮލަރު އެއްބަސްވުމަކަށް

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ ގްވަދަރުގައި އަށް ބިލިއަން ޑޮލަރުގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ވަނީ ޕެޓްރޯކެމިކަލް އާއި މައިނިން ސެކްޓަރާ ގުޅޭ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފަ އެވެ.

ޕާކިސްތާނާ އެކު ސައުދީން 20 ބިލިއަން ޑޮލަރު އެއްބަސްވުމަކަށް
ޕާކިސްތާނާ އެކު ސައުދީން 20 ބިލިއަން ޑޮލަރު އެއްބަސްވުމަކަށް

ޕާކިސްތާނުގެ އިގްތިސާދަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސައުދީން މިހާރު ވެސް ވަނީ ހަ ބިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގައި ފޮރިން ރިޒާވްގެ ގޮތުގައި މިހާރު ހުރީ އަށް ބިލިއަން ޑޮލަރެވެ.

ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނާއި ސައުދީ އަރަބިއާގެ ގުޅުން މީގެ ކުރިން ރަނގަޅު ނުވާ މިންވަރަށް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ ޖުލައި މަހު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން ވަނީ ސައުދީ އަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފަ އެވެ.

ޕާކިސްތާނުގެ އިތުރުން ސައުދީ ވަލީ އަހުދު ނުވަތަ އެމްބީއެސްގެ ނަމުން މަޝްހޫރު ޕްރިންސް މުހައްމަދުގެ އޭޝިއާ ދަތުރުފުޅުގައި އިންޑިއާ އާއި ޗައިނާ އަށް ވެސް ވަޑައިގަންނަވާނެ އެވެ. އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޕެޓްރޯލިއަމް މިނިސްޓަރު ދަރުމެންދުރަ ޕްރަދާންއާ ޕްރިންސް މުހައްމަދު ބައްދަލު ކުރައްވާނެ އެވެ. ޗައިނާ އަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.

ސައުދީގެ ކްރޫޑް އޮއިލް އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާ އެވެ.