26 ފެބުރުއަރީ 2019 - 10:28

ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް މާލޭ ކޮމާޝަލް ބަނދަރު ސަރަހައްދަށް މިއަދ ހެނދުނު ބަންޑުން ޖަހާލައިފި އެވެ.

"ކުރިމަގު" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލި އިރު އޭގައި ހަ ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ. އެމްއެންޑީއެފުން ބުނީ އޭގެ ތެރެއިން ހަ މީހަކު، އެސްޓީއޯގެ ޒިބްރާ ޓަގް ބޯޓަށް ނެގި އިރު ދެން ހުރި މީހާ ނެގީ އެމްއެންޑީއެފްގެ ކޯސްޓް ގާޑު ލޯންޗަށް ކަމަށެވެ.
މި ހާދިސާގައި ބިދޭސީ ފަޅުވެރިއެއްގެ ކަށިމައްޗަށް ލިބުނު އަނިޔާ ފިޔަވައި އެހެން އެއްވެސް ގެއްލުމެއް އެއްވެސް މީހަކަށް ނުލިބެ އެވެ.