01 މާޗް 2019 - 08:37

އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ޑެނިއަލް ކްރެއިގް އިނގިރޭސި ޖާސޫސީ އެޖެންޓްގެ ރޯލް ކުޅޭ ފަހު ފިލްމަށް މިހާރު އަންނަނީ ދެ ބަތަލާއަކު ވެސް ހޯދަމުންނެނެވެ. މި ފަހަރު ފިލްމު ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ކޭރީ ޖޯޖީ ފުކުންގާއާ އެވެ. އަދި ފިލްމަށް ބޭނުންވާ އިތުރު ކާސްޓުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޖޭމްސްގެ ބޮންޑްގެ 25 ވަނަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 8 ގަ އެވެ.
ޑެނިއަލް ކްރެއިގް ވަނީ މިހާތަނަށް ހަތަރު ފިލްމެއްގައި ބޮންޑްގެ ރޯލް ކުޅެފަ އެވެ. އެއީ 2006 ގެ "ކެސިނޯ ރޯޔޭލް" އާއި 2008 ގެ "ކްއަންޓަމް އޮފް ސޮލޭސް" އާއި 2012 ގެ "ސްކައިފޯލް" ގެ އިތުރުން 2015 ގެ "ސްޕެކްޓާ" އެވެ.
މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ވުރެ ބޮޑު އާމްދަނީއެއް ހޯދި ސުޕަހީރޯ ފިލްމު "އަކްއަމޭން 2" ގެ ސިނަމާތަކަށް ގެންނަ ތާރީހު އިއުލާންކޮށްފި އެވެ.
ވާނާ ބްރަދާޒުން ބުނީ ފިލްމު ރިލީޒް ކުރާނީ ޑިސެމްބަރު، 16، 2022 ގައި ކަމަށެވެ. "އަކްއަމޭން 2" ވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ބައި ވެސް ޑައިރެކްޓް ކުރި ޖޭމްސް ވޭން އެވެ.
ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އަކުއާމޭން އަކީ ބޮކްސް އޮފީހުގައި 1.139 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ޖޭޒަން މޮމޮއާ އެކު މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނިކޯލް ކިޑްމަން، އެމްބާ ހާޑް، ވިލެެމް ޑެފޯ އަދި ޕެޓްރިކް ވިލްސަން ފަދަ ތަރިން ހިމެނެ އެވެ.
"އަކްއަމޭން" ގެ ދެވަނަ ބައި ގެނެސް ދޭން ނިންމާފައިވާ އިރު، މި ފިލްމުގައި ހިމެނޭ ކަނޑު މަހުލޫގުންތަކެއްގެ ވާހަކަ އިން ކުރިފަޅުވައިގެން "ދަ ޓްރެންޗް" ގެ ނަމުގައި ބިރުވެރި ފިލްމެއް ގެނެސް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ހޯމަ ދުވަހު ބޭއްވި 91 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމަށް ވެސް ވާދަ ކުރި "އަ ސްޓާ އިޒް ބޯން" އިން ކުރިން ނުފެންނަ މަންޒަރުތަކަކާ އެކު މިއަދުން ފެށިގެން ފިލްމު އަލުން ސްކްރީނަށް ގެންނަން ނިންމައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި އެކްޓަރު ބްރެޑްލީ ކޫޕާ ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅުނު ފިލްމު އަލުން ސިނަމާތަކަށް ގެންނާނީ ކުރިން ދެއްކި ފިލްމަށް ވުރެ 12 މިނިޓް އިތުރުކޮށެވެ. މި މިއުޒިކަލްގެ ބަތަލާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެވެ.
އަށް ކެޓަގަރީއަކުން އޮސްކާ އަށް ނޮމިނޭޓްވި ފިލްމުގައި ހިމެނޭ ގާގާ އާއި ކޫޕާގެ ލަވަ "ޝެލޯ" އަށް އެންމެ މޮޅު އޮރިޖިނަލް ސޯންގްގެ އޮސްކާ ލިބިފައިވެ އެވެ.
"އަ ސްޓާ އިޒް ބޯން" ގެ ޝޯތަކެއް ހަފުތާއެއްގެ މުއްދަތަށް އުތުރު އެމެރިކާގެ 1،150 ސިނަމާތަކުގައި ދައްކާނެ އެވެ.
މާވެލް އިން ޑީސީ އަށް ހިޖުރަކޮށްފައިވާ ޑީސީގެ "ސުއިސައިޑް ސްކޮޑް" ގެ ސީކްއެލްއެއް ހަދަން ތައްޔާރުވަމުން ދަނިކޮށް، މި ފްރެންޗައިޒްގެ އެންމެ މުހިއްމު އެއް ތަރި ކަމަށްވާ ވިލް ސުމިތު އެ ފިލްމުގައި ހިއްސާ ނުވާން ނިންމައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި 2016 ގައި ރިލީޒް ކުރި "ސުއިސައިޑް ސްކޮޑް" ގައި ފްލޯއިޑް ލޯޓަން/ޑެޑްޝޮޓްގެ ކެރެކްޓާ ނުކުޅެން ނިންމި ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ވިލް ފިލްމު ނުކުޅެން ނިންމީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.
ޑޭވިޑް އެޔާ ޑައިރެކްޓް ކުރި "ސުއިސައިޑް ސްކޮޑް" އިން އޭ ލިސްޓް ތަރިންތަކެއް ފެނިގެން ގޮސްފައިވެ އެވެ. ފިލްމުގެ ދެވަނަ ބައި ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އޮގަސްޓް، 6، 2021 ގަ އެވެ.
ވިލް ސުމިތުގެ ކުރިއަށް އޮތް ފިލްމަކީ މެއި 24 ގައި ރިލީޒް ކުރާ "އަލާއްޑިން" ގެ ލައިވް-އެކްޝަން ފިލްމެވެ.