03 މާޗް 2019 - 07:36

ޓްވީޓަށް ރިޕްލައިކޮށްފައި ކުރާ ޓްވީޓަތައް ފޮރުވޭ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.
ޓްވިޓާ އިން ބުނީ "ހައިޑް ޓްވީޓް" ފީޗާ ގެންނަނީ ޓްވީޓްތަކާ ގުޅިގެން ކުރިމަތިވާ ފުރައްސާރައިން މީހުން ސަލާމަތްކުރަން ކަމަށެވެ.
މި ފީޗާގައި، އެ މީހެއްގެ ޓްވީޓަށް އަންނަ ރިޕްލައިތަކުން އެ މީހުން ބޭނުންވާ ޓްވީޓްތަކެއް އެެހެން މީހުންނަށް ނުފެންނަ ގޮތަށް ހެދޭނެ އެވެ.
ނަމަވެސް މި ފީޗާ އަށް ބައެއް މީހުން ވަނީ ފާޑު ކިޔައިފަ އެވެ. އެގޮތުން ޓްވިޓާ އަށް ގެންނަ އާ ފީޗާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވިންކަން ގެއްލޭ ފީޗާއެއް ކަމަށް ބުނެފައިވެ އެވެ.
ފީޗާތައް މަދު ޓްވިޓާ އަށް މި ފަހުން ބަދަލުތަކެއް ގެންނަމުންދާ އިރު، ޓްވިޓާގައި އިންނަ ހިތް ނަގަން ވަނީ ނިންމައިފަ އެވެ. އަދި ޓްވީޓްތައް އެޑިޓް ކުރެވޭ ފީޗާއެއް ހިމަނަން ވަނީ ނިންމައިފަ އެވެ.
ދެހާސް ހައެއްގައި ވުޖޫދަށް އައި ޓްވިޓާ އަކީ މިހާރު 335 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ.