ހައި ކޯޓު ވެސް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް
ހައި ކޯޓު ވެސް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް

ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް، ހައި ކޯޓުން ވެސް މަސައްކަތް ފަށައިފި އެވެ.

ހައި ކޯޓު ވެސް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް
ހައި ކޯޓު ވެސް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް

މިކަން ފައްޓަވައިދެއްވުމުގެ ގޮތުން، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ވަނީ އެ ކޯޓުގައި އެންމެ ގިނަ ދުވަސްވީ ތިން މުވައްޒަފުން ކަމަށްވާ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރްޔަމް ރަޝީދާ އާއި އެޑްމިންސްޓްރޭޓިވް އޮފިސަރު ފާތިމަތު ނީޝާ އަދި ނާހިދާއަށް ބިއްލޫރި ފެންފުޅި ހަވާލުކޮށްދެއްވައިފަ އެވެ.

ޝުޖާއު ވިދާޅުވީ ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ހައި ކޯޓުން ބައިވެރިވާތީވެ އުފާކުރައްވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހައި ކޯޓުގެ ކުރާ ހުރިހާ މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަވާލުކުރި އެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުން ވެސް އަންނަނީ ޕްލާސްޓިކް މަދުކުރުމަށް އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. ހައި ކޯޓަކީ މި ޕްރޮގްރާމްގައި ބައިވެރިވި ފުރަތަމަ ކޯޓެވެ.