05 މާޗް 2019 - 07:35

ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމުގެ ނަމަކަށް "މަލަންގް" ހަމަޖެއްސިިކަން އިއުލާންކޮށް ފިލްމުގެ ކާސްޓް ވެސް ކަށަވަރުކޮށްދީފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތަށް މި ފިލްމުގެ ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީ އާއި ކުނާލް ކޭމޫގެ އިތުރުން އަނިލް ކަޕޫރެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްމްސް ގުޅިގެން ހަދާ "މަލަންގް" އަކީ ރިވެންޖް ޑްރާމާއެކެވެ. ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ނިންމާފައިވާ އިރު، މި ފިލްމު ސިނަމާތަކަށް އަންނަ އަހަރުގެ ވެލެންޓައިންސް ޑޭގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަނިލް "މަލަންގް" އިން ފެނިގެން ދާނީ ނުބައިބައި ރޯލަކުންނެވެ. އަދި މި ފިލްމަކީ 2013 ގެ ބްލޮކްބަސްޓާ "އާޝިގީ 2" އަށް ފަހު، މޯހިތާ އެކު އަދިތިޔާ މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. ކުނާލް ވަނީ މޯހިތާ އެކު 2005 ގެ "ކަލްޔުގް" ގައި މަސައްކަތްކޮށްފަ އެވެ.
މިއީ އަނިލް އާއި ޑިޝާ، މޯހިތާ އެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
"ހަމާރީ އަދޫރީ ކަހާނީ" އާއި "ޒެހެރު" ފަދަ ފިލްމުތައް ގެނެސް ދިން މޯހިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ އަރުޖުން ކަޕޫރާއި ޝްރަދާ ކަޕޫރް 2017 ގައި ލީޑް ރޯލް ކުޅުނު "ހާފް ގާލްފްރެންޑް" އެވެ.