ތީރުން ސަލާމަތްކޮށްދިން އައްޑަނައަކަށްވީ އައިފޯނެއް
ތީރުން ސަލާމަތްކޮށްދިން އައްޑަނައަކަށްވީ އައިފޯނެއް

އޮސްޓްރޭލިއާގައި ދެ މީހެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި އެކަކު ތީރުން ހަމަލާ ދިނުމުން، އައިފޯނެއް އައްޑަނައަކަށްވެ ފުރާނަ ސަލާމަތްވެއްޖެ އެވެ.

ފުލުހުން ބުނީ ސައުތު ވޭލްސްގައި މި ހާދިސާ ހިނގީ އުމުރުން 43 އަހަރުގެ މީހަކަށް، އެހެން މީހަކު ހަމަލާ ދިނުމުން އެ މީހާ، ހަމަލާ ދިން މީހާގެ ފޮޓޯ ނަގަން އުޅެނިކޮށް ކަމަށެވެ. ފޮޓޯ ނަގަން ފޯނު އުފުއްލައިލުމާ އެކު، އަނެއްކޮޅުގައި ހުރި މީހާ ތީރެއް ފޮނުވާލީ އެވެ. އެކަމަކު ނަސީބު ރަނގަޅުކަމުން، ތީރު ގޮސް ހެރުނީ ފޯނަށެވެ.

ފޯނަށް ތީރު އަމާޒުވެ، ފޯނު ގޮސް ދަތްދޮޅީގައި ޖެހުނުލެއް ބާރުކަމުން ދަތްދޮޅިން ތަންކޮޅެއް ހަލާކުވުން ނޫން ކަމެއް އެ މީހާ އަކަށް ނުވެ އެވެ. ފުލުހުން ބުނީ ފަރުވާއެއް ދޭންޖެހޭ ވަރުގެ އަނިޔާއެއް ވެސް ނުވާ ކަމަށެވެ.

ފުލުހުން ވަނީ ހަމަލާ ދިން މީހާ ފަހުން ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ މީހަކަށް އަނިޔާއެއް ދޭން އުޅުމުގެ ދައުވާކޮށްފަ އެވެ.