އެންކާ ނިއުޑޭލް މިލްކަށް ހާއްސަ ހަރަކާތެއް ބާއްވައިފި
އެންކާ ނިއުޑޭލް މިލްކަށް ހާއްސަ ހަރަކާތެއް ބާއްވައިފި

އެންކާ މިލްކުގެ ނިއުޑޭލްގެ ފްލޭވާ މިލްކަށް ހާއްސަ ހަރަކާތެއް ކުޑަކުދިންގެ ބަގީޗާގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެންކާ ނިއުޑޭލް މިލްކަށް ހާއްސަ ހަރަކާތެއް ބާއްވައިފި
އެންކާ ނިއުޑޭލް މިލްކަށް ހާއްސަ ހަރަކާތެއް ބާއްވައިފި

މި ހަރަކާތް އިންތިޒާމުކުރި ފޮންޓޭރާ ބްރޭންޑްސުން ބުނީ ކުޑަކުދިންގެ ބަގީޗާގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ނިއުޓޭލްގެ ރަހަ ބަލައިލުމުގެ ފުރުސަތު ދިން ކަމަށެވެ. ބަގީޗާ އަށް ވަނުމާ އެކު ދެ ކޫޕަނެއް ދިނެވެ. އެއް ކޫޕަނުން ހިލޭ ނިއުޑޭލް ޕެކެޓެއް ލިބުނު އިރު އަނެއް ކޫޕަން ހިފައިގެން ނިއުޑޭލް ވިއްކާ 10 ފިހާރައިގެ ތެރެއިން ކޮންމެވެސް އެއް ފިހާރަ އިން ކިރު ޕެކެޓެއް ގަތުމުން ހިލޭ ޕެކެޓެއް ލިބޭނެ އެވެ.

އެ ހަރަކާތުގައި ކުޑަކުދިންނަށް ގޭމްތައް ކުޅެވޭނެހެން ފަސް ސްޓޯލު ހުއްޓެވެ. ކޮންމެ ސްޓޯލެއްގެ ގޭމްގައި ބައިވެރިވެ މޮޅުވުމުން ވެސް ނިއުޑޭލްގެ ފެކެޓްތައް ހަދިޔާގެ ގޮތުގައި ދިނެވެ.

ނިއުޑޭލްގެ ޗޮކްލެޓް ފްލޭވާ އާއި ވެނީލާ ފްލޭވާ މާކެޓުގައި މިހާރު ލިބެން އެބަހުއްޓެވެ.

މި ހަރަކާތުގެ ބޭނުމަކީ ނިއުޑޭލްގެ ރަހަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުދީ، އެ ބްރޭންޑްގެ ފްލޭވާ މިލްކަށް ހޭލުންތެރިކުރުން ކަމަށް ފޮންޓޭރާ ބްރޭންޑްސުން ބުނެ އެވެ.

ފޮންޓޭރާ ބްރޭންޑްސްގެ ރާއްޖޭގެ ޕާޓްނަރަކީ ލިލީ އެންޓަޕްރައިޒަސް އެވެ. އެގޮތުން މި އުފެއްދުން ލިލީގެ ފިހާރަތަކުންވެސް ލިބޭނެ އެވެ.