30 މާޗް 2019 - 18:21

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ރަށް ފުނަދޫން، މާލެ އަށް ބޭއްވި ފެތުމުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދު ހަވީރު ބައިވެރިވެވަޑައިގެންފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމްކުރި "ބްރޭކް ދަ ބެރިއާ" ފެތުމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުންނާ އެކު އެކި އުމުރުގެ 100 އަށްވުރެ ގިނަ އަންހެނުން ބައިވެރިވި އެވެ.
ފުނަދޫން ފެށި 700 މީޓަރުގެ ފެތުން ނިންމާލާފައި ވަނީ އިއްޒުއްދީން ފާލަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ވެސް ތަފާތު ހަރަކާތްތައް ހިންގި އެވެ.