11 އެޕްރީލް 2019 - 21:59

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކަށް ޓެކްސީއެއްގެ ތެރޭގައި ބޭއްވުނު އަގުބޮޑު ޑައިވިން ކޮމްޕިއުޓަރެއް ފުލުުހުން މިއަދު ހޯދައިފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި އިޓަލީ މީހަކަށް ހަނދާން ނެތިގެން ބޭއްވުނު 1000 ޔޫރޯ (17،396 ރުފިޔާ)ގެ ޑައިވިން ކޮމްޕިޓަރު ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ މިއަދު ހަވީރެވެ.
ބިދޭސީ މީހާ އެރި ޓެކްސީ ފުލުހުން ހޯދީ، އޭނާ ދަތުރުކުރި މަގު ބަލައިގެން ސީސީޓީވީ ފުޓޭޖްގެ އެހީގަ އެވެ. އަދި އެ ޓެކްސީން ޑައިވިން ކޮމްޕިޓަރު ފެނުމުން، އޭގެ ވެރިފަރާތާ މިއަދު އެ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.