25 އެޕްރީލް 2019 - 20:17

މާލޭގައި އިމާރާތެއްގެ މަތިން ކުޑަދޮރެއް ވެއްޓި ސައިކަލުތަކަކަށް މިއަދު ގެއްލުން ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގ. ކަމަރާ ގޭގެ ހަތަރު ވަނަ ބުރިން އެލުމީނިއަމް ކުޑަ ދޮރެއް ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ހަވީރު 5:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު ދެ ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ވަނީ މިހާރު އެ ހާދިސާ ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ.