28 އެޕްރީލް 2019 - 13:42

ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓެލިޖެންސް ގްރޫފް، އެގްމޮންޓް ގްރޫޕް އޮފް ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓާ ގުޅުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފަށައިފި އެވެ.
ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާ ބެހޭ ގްރޫޕް އެގްމޮންޓްގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސާ ކުރަންޖެހޭ އިރު ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫ އިން ވަނީ ރާއްޖޭގެ އެފްއައިޔޫ ސްޕޮންސާކޮށްފަ އެވެ.
އެގްމޮންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އާއި ސްރީ ލަންކާގެ އެފްއައިޔޫގެ އިސް ޓީމެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
މި ޓީމާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެގްމޮންޓް ގްރޫޕުގައި 159 ގައުމެއްގެ އެފްއައިޔޫ މިހާތަނަށް ވަނީ ބައިވެރިވެފަ އެވެ.