އަށް އަހަރު ފަހުން މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފި
އަށް އަހަރު ފަހުން މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފި

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް އަށް އަހަރަށް ފަހު މަގާމުގެ ކުރިއެރުން މި ހަފުތާގައި ދީފި އެވެ.

މަޖިލިހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށެވެ.

މަޖިލިހުގެ އިދާރާގައި 140 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ވެ އެވެ.

"ޕްރޮމޯޝަން ނުލިބޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ މުވައްޒަފުން އެބަ ތިބި. ޑިގްރީ އާއި މާސްޓާސް ހައްދަވާފައި އެކަމަކު ޕްރޮމޯޝަން ނުލިބި އެ މުވައްޒަފުން ތިބޭތާ ވަރަށް ދުވަސް ވެއްޖެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންނަށް މިހާރު ވަނީ ޕްރޮމޯޝަން ދީފައި،" ޒިޔާއު ވިދާޅުވި އެވެ.

މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ އާ އޮނިގަނޑެއް އެކުލަވާލައި ހުރިހާ މުވައްޒަފުން އެ އަށް ފައްތާފައި ވަނީ 2011 ގަ އެވެ. އެކަމަކު އާ އޮނިގަނޑަށް ބަދަލުކުރި އިރު މަގާމަށް އައި ކުރިއެރުން ފިޔަވައި އިތުރު ކުރިއެރުމެއް މިހާތަނަކަށް ނުލިބެ އެވެ.