ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟
ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟

ބައެއް ފަހަރު ދަރިން ލައްވައި މަސައްކަތެއް ކުރުވާ އިރު، އެކަމެއްގެ އިނާމަކަށް މައިންބަފައިން ފައިސާ ދޭތީ ފެނެ އެވެ. އެއީ "އަގު ދީގެން" ދަރިން ލައްވައި މަސައްކަތް ކުރުވުމުގެ ނިޔަތުގައި ކުރާ ކަމަކަށް ފަހަރުގައި ނުވެދާނެ އެވެ. ފަހަރެއްގައި، އެއީ ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.

ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟
ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟

އެކަމަކު މިއީ ބައެއް ބެލެނިވެރިންގެ މެދުގައި ހިޔާލު ތަފާތު މައްސަލައެކެވެ. އަދި މި ފަހަކަށް އައިސް ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ މައްސަލަ ވެސް މެ އެވެ. މިކަމާ ގުޅޭ ރަސްމީ ދިރާސާއެއް އަދި ނެތެވެ.

ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟
ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟

މިކަމާ ބެހޭ ގޮތުން މަސްހުނި ހިޔާލުތަކެއް ހުރި އިރު އެއް ބަޔަކު ދެކޭ ގޮތުގައި ދަރިފުޅު ލައްވައި ކުރުވާ މަސައްކަތަކަށް ފައިސާ އިން "އަގެއް" ދިނުމަކީ މައްސަލައެއް ނޫނެވެ. އެފަދަ ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި މިކަމަކީ މަސްކަތްކޮށްގެން އާމްދަނީ ހޯދަން ދަރިންނަށް ހިތްވަރު ދެވޭނެ ކަމެކެވެ. އަދި ފައިސާގެ މުހިއްމުކަން ވިސްނޭނެ ކަމެކެވެ.

ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟
ދަރިންނަށް ފައިސާ ދީގެން މަސައްކަތްކުރުވަން ވާނެތަ؟

މިކަމާ ބެހޭ ގޮތުން ޑިބޭޓް.އޯގްގައި ބެލެނިވެރިޔަކު ބުނި ގޮތުގައި ދަރިންނަށް ފައިސާ ދީފައި މަސައްކަތްތައް ކުރުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.

"ހަގީގަތުގައި މި ސަބަބުން ވާނެ އެއް ފައިދާއަކީ ވަޒީފާގެ މުހިއްމުކަން އިހުސާސް ކުރެވުން. ކިތަންމެ ބުރަ ކަމެއް ކުރަން ޖެހުނަސް، ފައިސާ ލިބޭނީ އެކަމެއް ކުރީމާކަން މިކަމުން ވިސްނޭނެ،" އޭނާ ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނި ގޮތުގައި ދަރިންނަށް ފައިސާ ދީފައި މަސައްކަތް ކުރުވުމަކީ ދަރިން ޒިންދާރުވާން ވެސް މަގުފަހި ވާނެ ކަމެކެވެ.

"އޭގެ އިތުރަށް ފައިސާ މެނޭޖްކުރަން ދަސްވުމަކީ ވެސް މީގެ ތެރެއިން ލިބޭނެ ފައިދާއެއް،" އޭނާ ބުންޏެވެ.

ނަމަވެސް މިކަމާ ދެކޮޅަށް ވާހަކަ ދެއްކި ބައެއް ބެލެނިވެރިންގެ ނަޒަރުގައި ފައިސާ ދީފައި ދަރިން ލައްވައި މަސައްކަތް ކުރުވަން އާދަކޮށްފި ނަމަ، ދަރިން "ފައިސާގެ އަޅުންނަށް ވެދާނެ" އެވެ.

"އެކަން އެގޮތަށް ކުރަން އާދަކޮށްފި ނަމަ ފައިސާ ދިނީމާ ނޫނީ ދަރިން ލައްވައި އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ވެސް ހިނގައި ދާނެ،" އޭނާ ބުންޏެވެ.

މިކަމަށް ތާއީދު ކުރާ ބެލެނިވެރިޔަކު ބުނި ގޮތުގައި ފައިސާ ދީފައި ދަރިން ލައްވާ ކަންކަން ކުރުވުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މައިންބަފައިން ދަރިން ބަލަހައްޓަނީ އެ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށް ދީގެން ކަމަށްވާތީ އެވެ. އަދި މިގޮތަށް އަމަލުކުރަން ފަށައިފި ނަމަ މައިންބަފައިންގެ މައްޗަށް ދަރިން ބާރު ވެސް ފޯރުވަން ފަށައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުންޏެވެ.

"މިސާލަކަށް ތަންމަތި އެޅުން، ގޭތެރެ ސާފު ކުރުން، ތަށިތައް ދޮވުން، އެއްޗެހި ދޮވުން، ގޭތެރެ ތަރުހީބުކޮށް ބެލެހެއްޓުން ކަހަލަ ކަންކަމަކީ ހަމަ ދަރިން ވެސް އުފުލަން ޖެހޭ ޒިންމާތައް. އަދި އެންމެ ތުއްތު އިރުއްސުރެ މިކަހަލަ ކަންކަމުގައި ދަރިން ބައިވެރިކޮށްގެން ކަންކަން ދަސްކޮށް ދޭން ބެލެނިވެރިން މަސައްކަތް ވެސް ކުރަން ޖެހޭނެ،" އޭނާ ބުންޏެވެ. "އަދި މިކަހަލަ މަސައްކަތްތަކުގައި ދަރިން ވާނެ މައިންބަފައިންނަށް އަތްގާތްކޮށްލަދޭން ވެސް. އެކަމަކު ކުރުވާ ކޮންމެ ކަމަކަށް ފައިސާ ދޭ ނަމަ އެއީ މައްސަލައެއް."

ނަމަވެސް އެހެން ބެލެނިވެރިޔަކު ފާހަގަކުރި ގޮތުގައި ތަންކޮޅެއް ބުރަ ކަމަށް ގަބޫލުކުރެވޭ ކަހަލަ އަދި އުނދަގޫ މަސައްކަތްތައް ކުރަން ދަރިންނަށް ހިތްވަރެއް ދިނުމުގެ ގޮތުން ފައިސާ ދިނުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ބޮޑެތި އަދަދުތަކުން ފައިސާ ނުދިނުން މުހިއްމު ކަމަށް ބުންޏެވެ.

"މިސާލަކަށް ގަރާޖުގައި އޮންނަ ކާރު ދޮވެލަން ނޫނީ ގަސްތައް ކޮށައި އެއްވަރުކޮށް ބަގީޗާ ބެލެހެއްޓުން ކަހަލަ ކަންކަމުގައި ދަރިން ޝާމިލުކުރަން ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ފައިސާކޮޅެއް ދިނުމަކީ މައްސަލައެއް ނޫން." އޭނާ ބުންޏެވެ.

މި އެންމެންގެ ވާހަކަތަކަށް ރިއާޔަތްކޮށްފައި ޕާސަނަލް ފައިނޭންސް އެކްސްޕާޓެއް ކަމަށްވާ ލޯރެން ގްރޫޓްމަން ހިޔާލު ދެއްވި އެވެ. އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ގޭތެރޭގައި އާންމުކޮށް ކުރަން ހުންނަ މަސައްކަތްތައް ކުރުވަން ދަރިންނަށް ފައިސާ ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމަކު އޭގެ ބަދަލުގައި ތަންކޮޅެއް ބުރަ މަސައްކަތެއް ކުރުވާ ނަމަ ފައިސާ ދިނުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަދި މީގައި އެންމެ މުހިއްމު އެއް ކަމަކީ އެ ފައިސާ އަށް ދަރިން ކުރަނީ ކީއްތޯ ބެލުން. ބައެއް ކުދިންނަކީ ޕޮކެޓް މަނީ އަށް ނޫނީ އިންޓަވަލަށް މައިންބަފައިން ދޭ ފައިސާކޮޅު ވެސް ފޮރުވާ ބައެއް. އެއީ ހަގީގަތުގައި ވަރަށް ރަނގަޅު އާދައެއް،" ލޯރެން ވިދާޅުވި އެވެ. "ފައިސާގެ މުހިއްމުކަން ވިސްނައިދޭ އިރު ފަހަށް ރައްކާ ކުރުމުގެ އާދަ ވެސް ދަރިންގެ ކިބައިގައި އަށަގެންނެވުން މުހިއްމު."